ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
މާލޭގެ ޑެޕިއުޓީ މޭޔަރު އިސްތިއުފާ ދެއްވައިފި
ޚަބަރު

މާލޭގެ ޑެޕިއުޓީ މޭޔަރު އިސްތިއުފާ ދެއްވައިފި

މމުހައްމަދު އަލީ13 މާރިޗު 2025
މާލެގެ ޑެޕިއުޓީ މޭޔަރު ކަމުންނާއި، މާލެ ސިޓީގެ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު ކަމުން އަޙްމަދު ނަރީޝް އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވުމަށްފަހު ނަރީޝް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްތިއުފާ ދެއްވީ ޤައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ހައިސިއްޔަތެއް ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. ނަރީޝް އިސްތިއުފާ ދެއްވައި މާލެގެ މޭޔަރ އާދަމް އާޒިމަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި މާލެގެ މޭޔަރ އާދަމް އާޒިމްގެ ފަރާތުން ދަސްވި ފިލާވަޅުތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސިޓީ ކައުންސިލްގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ޓަކައި ކައުންސިލްގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް ފާހަގަކޮށް ޝުކުރު އާދާކޮށްފައެވެ. މީގެ އިތުރުން މާފަންނު މެދު ދާއިރާގެ ކައުންސިލަރު ކަމަށް އިންތިހާބުކޮށްދިން ރައްޔިތުންނާއި ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ. މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް އަހުމަދު ނަރީޝް އިންތިޚާބުވެވަޑައިގެންނެވީ ޖޫން 21، 2021 ގައެވެ.  

ގުޅުންހުރި ޚަބަރު