ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މަޖިލިސް މެންބަރުން އޮޕަރޭޓް ކުރަނީ ބޮޓުންތަކެއް ގޮތަށް: މައުރޫފް
ޚަބަރު

މަޖިލިސް މެންބަރުން އޮޕަރޭޓް ކުރަނީ ބޮޓުންތަކެއް ގޮތަށް: މައުރޫފް

އއަހުމަދު މުހައްމަދު18 މާރިޗު 2025
މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތްތަނެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. މެންބަރު ޒާކިރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރަން މަޖިލިސް އިދާރާއިން ދޭ ނޯޓިސްގެ މުއްދަތު ކުރުކުރަން މަޖިލިސް ގަވާއިދަށް ހުށަހެޅި އިސްލާހާބެހެގޮތުން މަޖިލިސް ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުންނެވެ. ޒާކިރު ވިދާޅުވީ، އޭނާ ހިމެނޭގޮތުން ވަޒީރުންނާ ކުރުމަށްޓަކައި މެންބަރުން އެތައް ސުވާލުތަކެއް މަޖިލީހަށް ހުށަހަޅައި އެތައް ދުވަހެއްވެފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހަށް ވަޒީރުން ހާޒިރުކޮށް އެ ސުވާލުތަކަށް ޖަވާބު ލިބޭނެގޮތް މަޖިލީހުން ހަމަޖައްސައިދީފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވަޒީރުންނަށް، މަޖިލީހަށް ހާޒިރުވެވެނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެންކަމަށެވެ. އެކަންތައް ލަސްވަމުންދަނީ އެހެންކަމުން ކަމަށްވެސް ވިދާޅުވިއެވެ. ޕާޓީން ވަކި ކުރުމުން މަޖިލިސް މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ފާސްކުރި އިސްލާހާ ގުޅިގެން، މަޖިލިސް ރައީސްގެ ބާރުކެނޑި މުޅި މަޖިލިސް ކޮންޓްރޯލްކުރަނީ ރައީސް މުއިއްޒު ކަންވެސް މެންބަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިހާރުގެ މަޖިލީހަކީ ރައީސް ކޮންޓްރޯލްކުރާ ބޮޓުންތަކެއްގޮތަށް މެންބަރުން މަސައްކަތްކުރާ ތަނެއްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲއަކީ މިހާރު ރައީސްގެ ފުރިހަަކޮށްޓްރޯލް އޮތް ބޭފުޅެއް ކަމަށެވެ.

ގުޅުންހުރި ޚަބަރު