ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޖޭއެސްސީ އިސްލާހު ކުރަން ބިލެއް މަޖިލީހަށް ފޮނުވަން އަޒާން އިލްތިމާސް ކޮށްފި
ޚަބަރު

ޖޭއެސްސީ އިސްލާހު ކުރަން ބިލެއް މަޖިލީހަށް ފޮނުވަން އަޒާން އިލްތިމާސް ކޮށްފި

އއަހުމަދު މުހައްމަދު19 މާރިޗު 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން އިސްލާހު ކުރުމުގެ ބިލް ވީހާ އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް، ބަންޑާރަނާއިބު އަހުމަދު އުޝާމްއަށް، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ގޮވާލައްވައިފިއެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގެ ތެރެއިން، ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ، ތއުމީ ގާބިލް މީހުން މުއައްސަސާތަކަށް އައްޔަން ކުރުމުގެ އިތުުރުން ދައުލަތުގެ މުއައްސަސާތަކާއި އިދާރާތައް ހަރުދަނާކޮށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ހިންގޭނެ ގޮތް ހެދުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ. "ގައުމުތައް ތަރައްގީވަމުން އަންނަ ގޮތާ ގުޅޭގޮތުން މިހާތަނަށްކޮށްފައިހުރި ދިރާސާތަކުން ދައްކާގޮތުގައި ގައުމުތައް ތަރައްގީވެ، ކުރިއަރަނީ ހަަމައެކަނި އެ ގައުމަކަށް ލިބިފައިހުންނަ ގުތުރަތީ ވަސީލަތްތަަކާއި އިންސާނީވަސީލަތްތަކުންއެކަންޏެއްނޫން، އެ ގައުމުތަކުގައި ހުންނަ އެކިއެކި މުއައްސަސާތަކުގެ މިނިވަންކަމާއި ވަރުގަދަކަމަކީވެސް ގައުމުތައް ތަރައްގީ ވުމުގައި ވަށްބޮޑު އެކީތެރިކަމެއް ދޭކަމެއްކަމަށް ދިރާސާތަކުން ދައްކާ،" ރާއްޖެއާއި އަވައްޓެރި ސިންގަޕޫރުފަދަ ގައުމުތައް ތަރައްގީވި ގޮތަށް ބަލާއިރު އެކަން އެނގޭނެކަމަށްވެސް އަޒާން ވިދާޅުވިއެވެ. އެތަންތަން މިނިވަންވެ ވަރުގަދަވުމަކީ، ގައުމުގެ ސިޔާސީ ހަމަޖެހުމާއި ގާނޫނީ ވެެރިކަން ގާއިމްކުރެވޭނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަޒާން ވިދާޅުވީ، މިދުވަސްވަރަކީ މިއީ ފަނޑިޔާރުގެ އާއި ޖުޑިޝަރީ އިސްލާހު ކުރުމުގެ ވާހަކަ ދައްކާދުވަސްވަރެއް ކަމަށެވެ. މިހާރު ވެރިކަމުގައިއޮތް ޕީއެންސީ އިދިކޮޅުުގައިއޮވެ އެންމެ ބާރަށް ދެއްކި ވާހަކައަކީ ވެސް ޖޭއެސްސީ އިސްލާހު ކުރުމުގެ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ. ހާއްސަކޮށް ޖޭއެސްސީގެ ކޮންޕޮޒިޝަން ބަދަލު ކުރުުމުގެ ވާހަކައަކީ ރައީސް މުއިއްޒު ދައްކަވަމުން ގެންދެވި ވާހަކައެއްކަމަށާއި، ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން އައްޔަން ނުކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހު ކުރުމަށް ވީހާ އަވަހަކަށް މަޖިލީހަށް ބިލް ހުށަހަޅަން އަޒާން ބަންޑާރަނާއިބަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުން ތިބީ އެފަދަބިލެއް ގެނަސްފިނަމަ އެދުވަހުން އެދުވަހަށްވެސް ފާސްކުރެއްވުމަށް ކަމަށެވެ.

ގުޅުންހުރި ޚަބަރު