ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޝައްމާން ވަކިކުރުމަށްފަހު އިމިގްރޭޝަނަށް ފަސީހު
ޚަބަރު

ޝައްމާން ވަކިކުރުމަށްފަހު އިމިގްރޭޝަނަށް ފަސީހު

މމުހައްމަދު އަލީ21 މާރިޗު 2025
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިފަހަރު އެމަގާމަށް އައްޔަން ކުރެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސޯހެވެ. އޭނާ މި މަގާމަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު ޝައްމާން މަގާމުން ވަކި ކުރުމަށްފަހުގައެވެ. އޭނާ އެމަގާމުން ވަކިކުރީ ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ގޮތުގައި ފައިސާ އަތުލަމުންދާ ކަމުގެ ތުހުމަތުގައެވެ. އޭނާގެ އިތުރުން އިމިގްރޭޝަނުގެ ބައެއް މުއައްޒަފުންވެސް މިކަމުގައި ޝާމިލްވާ ކަމަށް އެނގިފައިވެއެވެ. ރާއްޖޭގައި ގަވާއީދާ ޚިލާފަށް އުޅޭ ބައެއް ބިދޭސީން ބުނެފައިވަނީ ޝައްމާނަށް ވަކިވަރަކަށް ފައިސާ ދިނުމުން އެމީހުން ގަވައިދަށް ފައްތައިދޭ ކަމަށެވެ. މިކަން ކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ އެމީހުންގެ އެޖެންޓުން ކަމަށް ބިދޭސީން ބުނަމުންދެއެވެ. ބިދޭސީން އަތުން ނާޖާއިޒު ގޮތުގައި ފައީސާ ހޯދަމުންދާ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންވަނީ ރޭ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ހައްޔަރު ކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަނުގައި ކުރީގެ ކޮންޓްރޯލަރ ޝައްމާނުގެ ގެ ވެސް ވަނީ ބަލައި ފާސްކޮށްފައެވެ. ފުލުހުން ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށްދާ ވަރަކުން އިތުރު ތަފްސީލް ދެއްވާނޭ ކަމަށެވެ.  

ގުޅުންހުރި ޚަބަރު