ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ފެން އިސްރާފު ކުރުމާ ދުރުވޭ: މޭޔަރު އާޒިމް
ޚަބަރު

ފެން އިސްރާފު ކުރުމާ ދުރުވޭ: މޭޔަރު އާޒިމް

މމުހައްމަދު އަލީ22 މާރިޗު 2025
ފެން އިސްރާފު ވެދާނެ އެންމެހައި ޢަމަލުތަކުން ދުރުވެތިބުމަށް، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ. މޭޔަރ ޢާޒިމް މިފަދައިން އިލްތިމާސް ކުރައްވާފައި ވަނީ، މިއަދު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ "ދުނިޔޭގެ ފެނުގެ" ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މޭޔަރ ޢާޒިމް ވިދާޅުވެފައި ވަނީ، ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ފެނުގެ ދުވަހަކީ އެ ދުވަހާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއް ކަމަށެވެ. އަދި ކީރިތި ޤުރުއާނުގައި الله ވަޙީކުރައްވާފައިވަނީ، ''ފުރާނަ ހުރި ދިރުން ހުރި ކޮންމެ އެއްޗެއެއް ހެއްދެވީ ފެނުންކަމުގައި.'' ކަމަށެވެ. މި ބަސްފުޅަށް އެކަނި ވިސްނާލިޔަސް، ފެނުގެ މުހިއްމުކަން ވިސްނޭ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ. ޢާޒިމްގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، މީގެ 50 ވަރަކަށް އަހަރުކުރިން، ދިވެހިން ޢާއްމުކޮށް ބޭނުންކުރާ ފެނަށް އަގެއް ދައްކަން ނުޖެހޭ ކަމަށާއި ބޭނުންކުރަމުންއައީ ވަޅު ފެނާއި ވާރޭފެން ކަމަށެވެ. އެކަމަކު، މިއަދުގެ ޙާލަތަށް ބަލާއިރު، ފެނަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭ ކަމަށް ވިދާޅުވިއެވެ. ދުނިޔޭގައި ފެނުގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް، މާޗު މަހުގެ 22 ވަނަ ދުވަހުއެވެ. މި އަހަރު ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރަކީ، އެކި ސަރަހައްދު ތަކުގައި ގަޑުވެފައިވާ ބޯން ބޭނުން ކުރާ ސާފު ބޯފެން ރައްކާ ކުރުމެވެ. ދުނިޔޭގެ އެކި ސަރަހައްދު ތަކުގައި ބޯން ބޭނުން ކުރާ 70 އިންސައްތަ ފެން ހުރީ ގަނޑުވެ ތާށިވެފައެވެ. "ގްލެސިއަރ" އަކީ ދުނިޔޭގެ މީރުފެނުގެ ނިޒާމުތަކާއި މޫސުމީ ރައްކާތެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމުގައިވާތީ، އެ ތަކެތި ރައްކާތެރިކުރުމަކީ މި ވަގުތަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިއީ ގްލެސިއަރތަކާއި ފެނުގެ ރައްކާތެރިކަމާ، ދިރޭތަކެތީގެ ނަސްލުތަކާ، އަދި މިލިއަން ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއްކަން އަޅުގަނޑުމެން ހަނދާންކުރަންޖެހެއެވެ. މިކަމަށް ޓަކައި މުސްތަޤުބަލަށް ފެނުގެ ވަސީލަތްތައް ރައްކާތެރިކުރަން ޖެހެއެވެ.  

ގުޅުންހުރި ޚަބަރު