ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފުލުހުންގެ ހަ މަރުކަޒެއްގެ ބިންގާ މިއަދު އަޅައިފި
ޚަބަރު

ފުލުހުންގެ ހަ މަރުކަޒެއްގެ ބިންގާ މިއަދު އަޅައިފި

މމުހައްމަދު އަލީ29 މާރިޗު 2025
ހުވަދު އަތޮޅުގެ ހަ ރަށެއްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ބިންގާ މިއަދު އަޅައިފިއެވެ.  ބިންގާ އަޅާފައިވަނީ ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ގދ. ގައްދޫ، ގދ. ވާދޫ، ގދ. ފަރެސްމާތޮޑާ އަދި ގދ. މަޑަވެލީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކުގައެވެ. މި ރަށްރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތްތަކުގައި މި މަރުކަޒުގެ ތަކުގެ ބިންގާ އަޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. މި ރަސްމިއްޔާތުތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި އެރަށްރަށުގެ އެކި މުއައްސަސާތަކުގެ އިސް މުވައްޒަފުން ބައިވެރިވެފައިވެއެވެ.      

ގުޅުންހުރި ޚަބަރު