ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޝަކުވާ ހުށަހަލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވަނީ
ޚަބަރު

ޝަކުވާ ހުށަހަލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވަނީ

މމުހައްމަދު އަލީ1 އޭޕްރީލް 2025
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. އެހީތެރިކަން ފޯރުކޮށްދޭނީ މިއަހަރު މާރިޗު 31 ވަނަ ދުވަހުން ފެށިގެން އެޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށެެވެ. މި މުއްދަތުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ސިޓީ ކައުންސިލުން ބުނީ މިއެހީތެރިކަން 31 މާރިޗު 2025 ވަނަ ދުވަހުން ފެށިގެން 2025 އެޕްރީލް 05ވަނަ ދުވަހުގެ ނިޔަލަށް ފޯރުކޮށްދޭނީ  ހެނދުނު 10:00 އިން 14:30 އަށް، އަދި ރޭގަނޑު 21:30 އިން 23:00 އަށް ކަމަށެވެ. 2025 އެޕްރީލް 6 ވަނަ ދުވަހުން ފެށިގެން 2025 އެޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށް އެހީތެރިކަން ފޯރުކޮށްދިނުން އޮންނާނީ ހެނދުނު 09:00 އިން 16:00އަށް، އަދި ރޭގަނޑު 21:00 އިން 23:00 އަށް ކަމަށެވެ.

ގުޅުންހުރި ޚަބަރު