ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ހޮޅުދޫ ބޯޓުގައި އަލިފާން ރޯއްވެއްޖެ
ޚަބަރު

ހޮޅުދޫ ބޯޓުގައި އަލިފާން ރޯއްވެއްޖެ

މމުހައްމަދު އަލީ3 އޭޕްރީލް 2025
ހޮޅުދޫ ބޯޓު ނަމަކަށްކިޔާ މުދާ އުފުލާ އުޅަނދެއްގައި އަލިފާން ރޯވެއްޖެއެވެ. އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ގައްދޫ ފަޔަރ ސްޓޭޝަނުން ދަނީ ކުރަމުންނެވެ. މި ބޯޓުން ޖުމްލަ 18 މީހަކު ދަތުރުކުރި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭގެތެރެއިން 17 މީހަކުވަނީ ސަލާމަތް ކުރެވިފައި ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ނުފެންނަނީ ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަލީ މުޝްފިގު މުހައްމަދު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއީ ލ. މާވަށުގައި ދުއްވާ ބޯޓެކެވެ. ބޯޓު ދަތުރުކުރަމުންދިޔައީ މާވަށުން މާލެއަށެވެ. ބޯޓުގައި އަލިފާން ރޯވީ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަނިކޮށް އެއަތޮޅު ކަނޑޫދޫކައިރިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިހާދިސާގައި ބައެއް މީހުންނަށްދަނީ ކަނޑޫދޫ ސިއްހީމަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ބޯޓުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 7 ބިދޭސީއަކު ވެސް ހިމެނެއެވެ.

ގުޅުންހުރި ޚަބަރު