ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ހޮޅުދޫ ބޯޓު އަޑިއަށް، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް
ޚަބަރު

ހޮޅުދޫ ބޯޓު އަޑިއަށް، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް

މމުހައްމަދު އަލީ3 އޭޕްރީލް 2025
ލ. މާވަށުގައި ދުއްވާ "ހޮޅުދޫ ބޯޓް" ވަނީ ދަންވަރު 02:07 އެހައިކަންހާއިރު އަޑިއަށް ގޮސްފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. ބޯޓު އަޑިއަށް ދިޔައީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދަނިކޮށްނެވެ. ބޯޓު އަޑިއަށް ދިއުމަށްފަހު އޭގެ ބައިތައް އޮޔާދާން ވަނީ ފަށައިފައެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށާއި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް ސިފައިންވަނީ އިލްތިމާސް ކޮށްފައެވެ. ތ.ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓް" އިން ގެއްލުނު، ލ.މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް ހޯދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން ކުރަމުންދާ ކަމަށް ވެސް ސިފައިންވަނީ ބުނެފައެވެ. 18 މީހުންނާ އެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓުގައި އަލިފާން ރޯވިކަމުގެ ަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 21:07 ހާއިރު އެވެ. މައުލޫމާތު ލިބުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެހީވެފައެވެ. ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފައެވެ. މި މަސައްކަތުގައި، ތ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ ފަރާތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު