ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަން ތަކެއް ފެނިގެން ހައްޔަރުކޮށްފި
ޚަބަރު

ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަން ތަކެއް ފެނިގެން ހައްޔަރުކޮށްފި

މމުހައްމަދު އަލީ5 އޭޕްރީލް 2025
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރޭ ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިގެން ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެމީހާއާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދެއެވެ. އެއީ ކޮން ޖިންސެއްގެ ކޮން ގައުމެއްގެ މީހެއް ކަމެއްވެސް ނުބުނެއެވެ. އެމީހާ ހައްޔަރު ކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ 6 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މި ވަޒަން ނުވަތަ ބުލެޓު ތަކުގެ އަދަދެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މިއީ އެމީހާ ރާއްޖެއަށް އެތެރިވި އިރު ގެނައި އެއްޗެއް ކަމެއް ނުވަތަ ރާއްޖެއިން ހޯދި އެއްޗެއް ކަމެއްވެސް އެނގިފައެއް ނުވެއެވެ. ނޫސްވެރިން ކުރާ އެއްވެސް ސުވާލަކަށް ފުލުހުން ޖަވާބު ދީފައެއް ނުވެއެވެ.  

ގުޅުންހުރި ޚަބަރު