ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ
ޚަބަރު

ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

މމުހައްމަދު އަލީ12 އޭޕްރީލް 2025
އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައިި ހިނގި އެކްސިޑެންޓެއްގައި 37 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. ސައިކަަލަކާއި ކާރެއް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި މަރުވެފައިވަނީ ސައިކަލް ދުއްވި މީހާއެވެ. އޭނާއަކީ ފޭދޫޫ، އުލްފަތު، އިބްރާހީމް ސިޔާދު ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކްސިޑެންޓުގެ ރިޕޯޓު ފުލުހަށް ލިބިފައިވަނީ މިރޭ 19:39 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކަސިޑެންޓަށްފަހު ސިޔާދުު ހޮސްޕިޓަކަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. މިއެކްސިޑެންޓުގައި ކާރު ދުއްވީ ގދ. ފިޔޯރީ، މަރގޯލްޑް، މުހައްމަދު މާހިލް މުންތާޒެވެ. ފުލުހުން މިހާރު ވަނީ ބަންދުކޮށްފައެވެ. އެކްސިޑެންޓުގެ މައްސަލަ ބަލަމުުންދާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.  

ގުޅުންހުރި ޚަބަރު