ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޒަކާތުފަންޑުގެ ސްކޮލަރޝިޕް މިހަފްތާގައި އިއުލާން ކުރަނީ
ޚަބަރު

ޒަކާތުފަންޑުގެ ސްކޮލަރޝިޕް މިހަފްތާގައި އިއުލާން ކުރަނީ

މމުހައްމަދު އަލީ13 އޭޕްރީލް 2025
ޒަކާތުފަންޑުގެ ސްކޮލަރޝިޕް މިހަފްތާގައި އިއުލާން ކުރެވޭވަރުވާނޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޒަކާތުފަންޑުން ހުޅުވާލާ ސްކޮލަޝިޕްތަކުގެ ތެރޭގައި އިސްލާމީ އިލްމުގެ ތެރެއިން މުހިންމު އެތައް ދާއިރާތަކުން މާސްޓަރސް އާއި، ޕީއެޗްޑީގެ ފުރުސަތު ހުޅުވިގެންދާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މެޑިސިންގެ ދާއިރާއިން ވެސް ފުރުސަތު ހުޅުވާލެވިގެންދާނެއެވެ. އޭގެ ތެރޭގައި ސުޕަރ ސުޕެޝަލިސްޓުން ނެތް މުހިންމު ދާއިރާތަކުން ފުރުސަތު ހުޅުވާލެވޭނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ ސްކޮލަރޝިޕްތަކަށް ފަންޑުކުރާނީ ޒަކާތުފަންޑުގެ ފީސަބީލި ﷲ "ބައިން ކަމަށެވެ. މީގެ އިތުރުން ކީރިތި ގުރުއާނުގެ އިލްމު ފެތުރުމާއި ހާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ޚަރަދު ކުރެވޭނޭ ކަމަށް ވިދާޅުވެފައިވެއެވެ. ރައްޔިތުންގެ ދީލަތި އެހީއެކު މިފަންޑު އިތުރުވެގެންދިއުމަކީ އިސްލާމް ދީނަށް ލިބުނު ނަސްރެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޒަކާތު ފަންޑުގެ ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސްފަރުވާގެ އިތުރުން ކިޑްނީ ޓްރާންސްޕްލާންޓް ކުރުމާއި ބޯންމެރޯ ހެދުމާއި، ފުއްޕާމެއާއި، ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ވެސް ފަންޑުކުރާނޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިސަރާއި، ސައުދީގައި އަމިއްލަ ޚަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ކުދިންނަށް ވެސް ޚަރަދު ކުރެވޭނޭ ކަމަށް ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު