ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ހަތަރުސަތޭކަ ޔުނިޓުގެ ހައުސިން މަޝްރޫއެއް އިފްތިތާހު ކޮށްފި
ޚަބަރު

ހަތަރުސަތޭކަ ޔުނިޓުގެ ހައުސިން މަޝްރޫއެއް އިފްތިތާހު ކޮށްފި

މމުހައްމަދު އަލީ15 އޭޕްރީލް 2025
މިސަރުކާރުގެ ފުރަތަމަ ހައުސިން މަޝްރޫއު އިއްޔެ އިފްތިތާޖި ކޮށްފިއެވެ. މިއީ ސައުދީ ފަންޑުގެ އެހީގައި ކުރިއަށްގެންދާ 400 ހައުސިން ޔުނިޓުގެ މަޝްރޫއެކެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ސައުދީ ފަންޑުގެ ސިއީއޯ ސުލްތާން ބިން އަބްދުއްރަހުމާން އަލް މުރުޝީދާއި، ރާއްޖޭގެ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ. މިއީ ސައުދީ ފަންޑުންދޭ 25 މިލިއަންޑޮލަރުގެ ލޯނުއެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއު ވެގެންދާނީ ދެމެހެއްޓެނިވި މަޝްރޫއަކަށް ކަމަށާއި އޭގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ލުޔެއް ލިބިގެންދާނޭ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. ބޮޑަށް ބަލާނީ އެކަށީގެންވާ އިމާރާތެއް ހެޔޮއަގެއްގައި އުޅުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިމަޝްރޫއުގެ ދަށުން އަޅާ ފުލެޓުތައް އަޅާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ.  

ގުޅުންހުރި ޚަބަރު