ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ރަޝިޔާ ސަފީރުގެ ރައްދު ކުރުސީއަށް
ޚަބަރު

ރަޝިޔާ ސަފީރުގެ ރައްދު ކުރުސީއަށް

އއިބްރާހީމްް ސަމީރު16 އޭޕްރީލް 2025
ރާއްޖެއަށް ރަޝިޔާއިން ކަނޑައަޅާފައިވާ ސަފީރު ލީވާން ޑަގާރިއަން ވިދާޅުވަނީ ހަސަން ކުރުސީއަކީ ކާކުކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ސަފީރު ޑަގާރިއާން އެވާހަކަ ވިދާޅުވެފައި ވަނީ ރަޝިޔާގެ އެމްބަސީން ކޮށްފައިވާ ޓުއީޓެއްގައެވެ. "މިކަމުގެ ފަހަތުގައި ކުރިން ސަރުކާރުގައި އުޅެފައިވާ، މިހާރު ޔޫރަޕްގައި ފިލާހުރި، މަތީ ފެންވަރުގެ ސިޔާސީ މީހަކު، އުޅޭކަން އަހުރަމެންނަށް ނިކަން ސާފެވެ." ޑަގާރިއަންގެ ޓުއީޓް ނިންމަވާ ލައްވަމުން ވިދާޅުވެފައިވެއެވެ. މީސްމީޑިއާގައި ވާހަކަ އުފައްދާ ކުރުސީ ވަނީ، ރަޝިޔާއިން ރާއްޖެ މަގުން، ވަގަށް އެރޯފްލޮޓް މެދުވެރިކޮށް، ސެމީކޮންޑަކްޓަރ ބޭރުކުރަނީ ކަމަށް ބުނެ ޓުއީޓު ކޮށްފައެވެ. އަދި އޭނާ ވަނީ އެ ޓުއީޓުގައި ރާއްޖޭގައި ހުންނަވާ އެމެރިކާ ހޫގޯ ސަފީރުވެސް އަޅުވާފައެވެ. ކުރުސީ ވަނީ ރައީސްގެ ޓުއިޓާ ހެންޑްލް އަޅުވައި މިކަމުގައި ސަރުކާރުގެ ސީދާ އަތެއް އޮތްކަމަށް ދައްކަން ވެސް އުޅެފައެވެ. ކޮމްޕިއުޓަރ ޗިޕްތަކަކީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ރަޝިޔާއަށް އެކްސްޕޯޓު ކުރުން މަނާ ކޮށްފައިވާ ބާވަތެކެވެ. ސަފީރު ޑަގާރިއަން ވިދާޅުވަނީ ކުރުސީގެ މި ތުހުމަތުތައް ޝާއިއު ކުރުމުގެ މަގްސަދަކީ، ރަޝިޔާއާއި ރާއްޖެއާ ދޭތެރެ ޖެއްސުން ކަމަށެވެ.

ގުޅުންހުރި ޚަބަރު