ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ދަރިވަރުންތަކެއްގެ ބޯ ކޮށުވި މައްސަލައެއް އެޗްއާރުސީއެމަށް
ޚަބަރު

ދަރިވަރުންތަކެއްގެ ބޯ ކޮށުވި މައްސަލައެއް އެޗްއާރުސީއެމަށް

އއަހުމަދު މުހައްމަދު16 އޭޕްރީލް 2025
ބެލެނިވެރިންނަށް އެންގުމަކާ ނުލައި، އިސްކަންދަރު ސްކޫލުގެ މެނޭޖުމެންޓުން މަޖުބޫރު ކޮށްގެން އެ ސްކޫލް ދަރިވަރުންތަކެއްގެ ބޮލާއި ތުނބުޅި އާއި، މަތިމަސް ގަދަކަމުން ކޮށުވި މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗުއާރުސީއެމް) އިން ބަލަން ފަށައިފިއެވެ. އެ މައްސަލަ ބަލަމުންދާ ކަން އެޗްއާރުސީއެމުން ވަނީ ކަށަވަރުކޮށްދީފައެވެ. އެޗްއާއުސީއެމުން ބުނީ އެ މައްސަލައިގައި ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރާ ގޮތް ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. މިއީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އޮތް އެ ސްކޫލުގެ ގްރެޖުއޭޝަން ފެށެން ބައިގަޑިއެއްހާއިރަށްވެފައި ވަނިކޮށް، ކޮށްފައިވާ ކަމެއް ކަމަށާއި، އޭގެ ތެރެއިން ގިނަ ކުދިންގެ ބޯ ސްކޫލުގެ މެނޭޖުމެންޓުން ކޮށުވާފައި ވަނީ އެ ކުދިންގެ ބެލެނިވެރިންނަށް ވެސް ނާންގައި ކަމަށާއި، އޭގެތެރެއިން އެއް ކުއްޖެއްގެ ބޯ އިސްކަންދަރު ސްކޫލުގެ މެނޭޖުމެންޓުން ކޮށުވީ އެ ސްކޫލުގެ ފާހާނާ ތެރޭގައި ބަހައްޓައިގެން ކަމަށްވެސް ވަނީ އެނގިފައެވެ.

ގުޅުންހުރި ޚަބަރު