ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމް ފޭލިވެއްޖެ
ޚަބަރު

ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމް ފޭލިވެއްޖެ

މމުހައްމަދު އަލީ16 އޭޕްރީލް 2025
ދިވެހިރާއްޖެގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމް ފޭލިވެއްޖެ ކަމަށާއި އެކަމުގެ ޒިންމާ ޑރ. މުހައްމަދު މުއިއްޒުފެ ސަރުކާރުން އުފުލަން ޖެހޭނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެދު އިދާރާތަކުން އެތަކެއް އިހުމާލެއް ވަމުންދާ ކަމަށާއި އެ ފަރާތްތަކުގެ ހައްގުގައި ވަކާލާތު ކުރަން ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ ދެކޮޅު ހަދަކުން ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. އެކަން އެހެން ވުމަކީ  ލަދުވެތި ކަމެއް ކަމަށް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. ތެރެޕީ ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ނުލިބިގެން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން އިއްޔެ ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން ފައްޔާޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ "އެފަދަ ފަރާތްތަކަށް ކޮންމެހެން ލިބެން ޖެހޭ ފަރުވާއިން މަހުރޫމުވަމުވެ، އެތައް އާއިލާއެއް މާލީ ބުރަ އުފުލަން ޖެހި ހާސްކަމެއްގެ ތެރެއަށް ވެއްޓިފައިވުމަކީ ކަންބޮޑުވުމެއް،" ކަމަށެވެ. "މި ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ފެއިލްވުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގާނޫނުން ކަށަވަރުކޮށްދޭ ހައްގުތަކާއި ރައްކާތެރިކަން ޔަގީންކޮށްދިނުމަށް އިދާރާތަކަށް ގޮވާލަން،" ކަމަށެވެ.

ގުޅުންހުރި ޚަބަރު