ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
އީސީން ނުކުރާ ޚަރަދެއް ކުރިކަމަށް ފިނޭންސުން ބުނެފި
ޚަބަރު

އީސީން ނުކުރާ ޚަރަދެއް ކުރިކަމަށް ފިނޭންސުން ބުނެފި

މމުހައްމަދު އަލީ16 އޭޕްރީލް 2025
އިލެކްޝަންސް ކޮމިޝަނުން ނުކުރާ ޚަރަދެއްކުރި ކަމަށް ބުނެ މިނިސްޓްރީއޮފް ފިނޭންސް އެންޑް ޕްލޭނިން އިން ރިޕޯޓު ނެރެފިއެވެ. އެކަން އެގޮތަށް ކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވަނީ އެޕްރީލް 15 ގައި ހާމަކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައެވެ. އެއަށް ރައްދު ދެއްވައި އީސީން މިއަދު ބުނެފައިވަނީ އެކޮމިޝަނުން 2025 އެޕްރީން 10 ގެ ނިޔަލަށް ޖުމްލަ 35.9 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވަނީ މިއަހަރަށް ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ދައުލަތަށް ލިބޭނޭ ކަމަށް  ލަފާކުރާ އާމްދަނީގެ 0.01 ޕަސެންޓަށްވާ 27.9 މިލިއަން ރުފިޔާ އެ ކޮމިޝަނުގެ ޚަރަދުގެ ގޮތުގައި ހިމަނައިގެން ކަމަށެވެ. އެހެންނަމަވެސް އެ ފައިސާއަކީ އެކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓުގައި ހިމެނޭ އަދަދެއް ނޫން ކަމަށް އީސީން ބުނެފައިވެއެވެ. "ސިޔާސީ ޕާޓީތަކަށް ކަނޑައެޅިފައިވާ ފައިސާ ދޫކުރުމަށްޓަކައި 2025 މާރިޗު 16 ވަނަ ދުވަހު ޕޭމަންޓު ވައުޗަރުތައް ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އަށް ޕޯސްޓު ކޮށްފައެވެ. އަދި 2025 އެޕްރީލް 16 ވަނަ ދުވަހާ ހަމައަށް މިފައިސާ ޕްރޮސެސްކޮށްފައި ނުވާކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ." އީސީން ބުނެފައިވެއެވެ.  

ގުޅުންހުރި ޚަބަރު