ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަނިކޮށް ޒުވާނަކު ނިޔާވެއްޖެ
ޚަބަރު

ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަނިކޮށް ޒުވާނަކު ނިޔާވެއްޖެ

މމުހައްމަދު އަލީ17 އޭޕްރީލް 2025
ފުވައްމުލަކު ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ. ފުލުހުން ނިޔާވެފައިވަނީ ރ. އަލިފުށީ، އަބްދުﷲ ރިޝްދާން ނަމަކަށްކިޔާ ޒުވާނެއް ކަމަށެވެ. އޭނާގެ އުމުރަކު 27 އަހަރެވެ. އޭނާ މަސައްކަތްކުރާ ސައިޓުގައި ހުއްޓައި ޚަބަރު ހުސްވެގެން ވެއްޓުމުން ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. މިމައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު 12:11 ގައި  ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓެއްގައި މަސައްކަތްކުރަން ހުއްޓާ އަނބުރައިގެން ވެއްޓިގެންކަން އެނގިފައިވޭ. އަދި އެމީހާގެ މޫނު މައްޗަށް އަނިޔާވެފައިވާކަން ފާހަގަ ކުރެވިފައިވޭ،" ފުލުހުން ނިހެން ބުންޏަސް ބައެއް އެހެން މަސްދަރުތަކުން ބުނާގޮތުގައި އޭނާ ނިޔާވީ ކަރަންޓުގައި ޖެހިގެންނެވެ. މިމައްސަލަ ތަހުގީގު ކުރަކުރަމުންދާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ގުޅުންހުރި ޚަބަރު