ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ކޮންމެ ދުވަހަކު 30 ޓަނަށް ވުރެ ގިނަ ކުނި ނެގޭ: މޭޔަރ ޢާޒިމް
ޚަބަރު

ކޮންމެ ދުވަހަކު 30 ޓަނަށް ވުރެ ގިނަ ކުނި ނެގޭ: މޭޔަރ ޢާޒިމް

މމުހައްމަދު އަލީ17 އޭޕްރީލް 2025
މާލެ ސިޓީ ސާފުތާހިރިކޮށް ބޭއްވުމަށް، ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދުވާލަކަށް 30 އާއި 40 ޓަނާ ދެމެދުގެ ކުނި ނެގޭ ކަމަށް، މާލޭސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. އެސްއެސް ޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ މާލެއާއި ވިލިމާލެ ސާފު ތާހިރުކޮށް ބޭއްވުމަށް، ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން، ދުވަސް ނިމެންދެން ކުނި ނެގުމުގެ މަސައްކަތް ކުރާކަމަށެވެ. " މާލެ އާއި ވިލިމާލެ ސާފުތާހިރުކޮށް ބޭވުމަށް ކޮންމެ ދުވަހަކު 30 ޓަނާއި 40 ޓަނާ ދެމެދުގެ ކުނި ނަގަން. މާލެ ވިލިމާލެ ސާފުތާހިރިކޮށް ބޭއްވުމަކީ ކައުންސިލްގެ ޒިންމާއެއް،" މޭޔަރ ވިދާޅުވިއެވެ. މާލެއާއި ވިލިމާލެއިން ކުނި ނެގުމުގެ އިތުރުން، ރައްޔިތުންނަށް ފަސޭހަ ވާފަދަ، އެތަކެއް މަސައްކަތްތަކެއް ކައުންސިލުން ކުރަމުން އަންނަކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެގޮތުން މާލެއާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ކާނުތައް ސާފު ކުރުމުގެ މަސައްކަތް، މެދުނުކެނޑި ކުރިޔަށްދާ ކަމަށް ވިދާޅުވިއެވެ. މާލެ ސިޓީގެ ކޮންމެ މަގަކީ ސާފުތާހިރު ހިތް ފަސޭހަ މަގަކަށް ހެދުމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ބޭނުވާ ކަމެކެވެ. މަގުތަކުގައި ހުންނަ ކާނުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އެކި ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އެ ކަމަށް ހައްލު ހޯދުމަށް މާލެ ސިޓީގެ މޭޔަރ ޢާޒިމްވަނީ މާލެ ސިޓީގެ މަގުތަކަށް ކުނި ފަދަ ތަކެތި ނޭޅުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފައެވެ. މަގުތަކުގައި ފެން ބޮޑު ވުމަކީ ވެސް ކާނުތައް ފުރުމުގެ ސަބަބުން ކުރިމަތިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި ކާނުތައް ކުނިން ފުރުމުން، މާލެއަށް ވާރޭވެހޭ ކޮންމެ ފަހަރަކު ކާނުތަކުން ކުނި ބޭރުވެ މަގުތައް ހަޑިވެއެވެ. މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ސާފު ތަނަކަށް ހައްދަވާނެ ކަމަށާއި، ރައްޔިތުން އެދޭ ފަދަ ރީތި މަގުތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެ ގޮތުން، ކުރިއަށް އޮތް ތަނުގައި ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކަށް ފޯކަސްކޮށްގެން ވަރަށް ބޮޑަށް މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ޢާޒިމް ދެއްވިއެވެ.  

ގުޅުންހުރި ޚަބަރު