ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކުޑަހުވަދޫ މިސްކިތާ ބެހޭގޮތުން މިނިސްޓަރު ނަސީރު ހެއްދެވީ އިތުރުފުޅު: ތާރިގު
ޚަބަރު

ކުޑަހުވަދޫ މިސްކިތާ ބެހޭގޮތުން މިނިސްޓަރު ނަސީރު ހެއްދެވީ އިތުރުފުޅު: ތާރިގު

މމުހައްމަދު އަލީ20 އޭޕްރީލް 2025
ދ. ކުޑަހުވަދޫ މިސްކިތް މަރާމާތު ކުރެއްވިކަމަށް ވިދާޅުވެ މިނިސްޓަރ އާދަމް ނަސީރު އިބްރާހީމް އެޕްރީލް 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހެއްދެވީ އިތުރުފުޅު ކަމަށް ކުރީގެ ސްޓޭޓު މިނިސްޓަރ ފޯރ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖު މުހައްމަދު ތާރިގު ވިދާޅުވެއްޖެއެވެ. މަޖިލިސްގެ ޖަލްސާއެއްގައި މެންބަރަކު މިނިސްޓަރ އާދަން ނަސީރު އިބްރާހީމާ ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ ކުޑަހުވަހު މިސްކިތް މަރާމާތުކޮށް އާބާތުރު ފިލުވުމަށް މަސައްކަތްތަކެއް ކުރެވިފައިވާނޭ ކަމަށެވެ. އަދި މިފަދަ އެހެން ބައެއްކަންކަން ވެސް މިނިސްޓަރު ކަމާހަވާލުވި ފަހުން ކުރައްވާފައިވާނޭ ކަމަށެވެ. މިކަމާ ގުޅިގެން ތާރިގު އެކްސްގައި ވިދާޅުވެފައިވަނީ އެއީ އިތުރުފުޅުކަން ކުޑަހުވަދޫ ކައުންސިލް މެންބަރު އަހްމަދު މައުރޫފް (ކުޑޭ) ހާމަކޮށްދެއްވާފައިވާ ކަމަށެވެ. "މިނިސްޓްރީން ކޮށްދިން އެއްކަމެއްވެސްނޯންނާނެކަމަށް. ކައުންސިލުން މަރާމާތު ކުރިކަމަށް. އެމީހުން ކުރިއްޔާ ކުރިކަމަކީ އުނދަގޫ ކުރުން ކަމަށް،" ތާރިގު ވިދާޅުވެފައިވެއެވެ. "އެ ބޭފުޅުންގެ ޓީމެއް އެރަށަ ދިޔަކަމަށާއި އެ މީހުން އައުމުގެ ހުރިހާ ހަރަދެއްކުރީ ކުޑަހުވަދޫ ކައުންސިލުން ކަމަށްވެސް ވިދާޅުވި. ސައިޓް މިއުޒިއަމް ތަކެއްގެ މަސައްކަތް ކުރެއްވި ކަމަށް ވިދާވިއިރު އެއީ ވުޖޫދުގައިވެސް ނެތް ތަންތަން ކަން ވަނީ ޔަގީން ކުރެވިފައި" ކުޑޭ އާ ހަވާލާދީ ތާރިގު ވިދާޅުވެފައިވެއެވެ. "އެބޭފުޅުން ތިއްބެވި ދާރުލް އާސާރުގައި ކުރި ކަމަކީ ދާރުލް އާސާރުގެ އެއްބައި ހުސްކޮށް އިސްވާރުން ގެ ކޮޓަރި ކޮޅުތަށް ހެއްދެވުމާއި ސިޔާސީ ބޭފުޅުން ބައްދަލުވެ އުޅުއްވާނެ ޖަގަހައެއް ހެއްދެވުންކަމަށް ވަނީ މައުލޫމާތު ލިބިފައި،"

ގުޅުންހުރި ޚަބަރު