ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ކާމިޔާބީގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުން: ރައީސް
ޚަބަރު

ކާމިޔާބީގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުން: ރައީސް

މމުހައްމަދު އަލީ21 އޭޕްރީލް 2025
ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ސިފައިންގެ 133 ވަނަ އަހަރީދުވަހާ ގުޅިގެން ކޮމާންޑަރއިން ޗީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް ލިބިފައިވާ "މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން،" ކަމަށެވެ. އެހެންކަމުން ދިވެހި ސިފައިންގެ މުއައްސަސާއަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭކަލުންނަށާއި މިހާރު ޚިދުމަތުގައި ތިއްބެވި އެންމެހާ ބޭކަލުންނަށް ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. "މާތްވެގެންވާ އިސްލާމްދީނާއި، މި ވަތަނުގެ މުސްތަގިއްލުކަމުގެ ހައްގުގައި ދިވެހި ސިފައިން އެ ކުރައްވާ ހިންމަތްތެރި މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވާށި. ދިވެހި ގައުމީ ދިފާއީ ބާރު ވަރުގަދަކޮށް، ޒަމާނީ ވަސީލަތްތަކާއި ކުރިއެރުން ހާސިލްކުރުމަށް މިކުރާ މަސައްކަތްތަކަށް ކާމިޔާބީ މިންވަރު ކުރައްވާށި. މިލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި،" ރައީސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު