ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޔުމްނު ވެއްޓުނު މައްސަލާގައި ދެ މިނިސްޓަރަކާ ސުވާލުކުރަނީ
ޚަބަރު

ޔުމްނު ވެއްޓުނު މައްސަލާގައި ދެ މިނިސްޓަރަކާ ސުވާލުކުރަނީ

މމުހައްމަދު އަލީ24 އޭޕްރީލް 2025
ހެންވޭރު ގެއެއް ކަމަށްވާ ފެންޓެނޯއީގެ ނުވަނަ ބުރިން އަންހެން ކުއްޖަކު "ފުންމާލި" މައްސަލާގައި ދެ މިނިސްޓަރަކާ ސުވާލުކުރުމަށް އެބޭފުޅުން މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމު މިއަދު މަޖިލިހަށް ހުށަހަޅައިފިއެވެ. މީކާއިލް ސުވާލު ކުރައްވަން ބޭނުންވަނީ ހޯމް ލޭންޑު މިނިސްޓަރ އަލީ އިހުސާނާއި، ޖެންޑަރ މިނިސްޓަރު އާއިޝަތު ޝިހާމާއެވެ. މީކާއިލް ވިދާޅުވެފައިވަނީ އޭނާ އިހުސާނާ ކުރައްވަން ބޭނުންވާ ސުވާލަކީ "އެއްބާވަތެއްގެ މައްސަލަތަކުގައި ގޭގެ ނަމާއި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅެނީ ކީއްވެތޯ އަދި 18 އޭޕްރީލް 2025 ވަނަ ދުވަހު ޝިކާރައަކަށްވީ އަންހެން ކުއްޖާގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމުގައި ލަސްކުރީ ކީއްވެތޯ ސުވާލުކޮށްފިން،" ކަމަށެވެ. ޖެންޑަރ މިނިސްޓަރާ ކުއްވާ ސުވާލަކީ "ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާފަދަ ކުށެއް ހިނގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި، އެސާމްޕަލްގެ ފޮރެންސިކް ތަހުލީލު ކުރުމަކީ ލާޒިމު ކަމަކަށްވީ ހެންވޭރުގެއެއްގެ ފުރާޅުމައްޗަށް އަންހެން ކުއްޖާ ވެއްޓުނު މައްސަލައިގައި އަންހެންކުއްޖާގެ ސާމްޕަލް ނެގުމުގައި ކަނޑައެޅިފައިވާ މުއްދަތު  ސާމްޕަލް ނެގުމުގައި ކަނޑައެޅިފައިވާ މުއްދަތު ފަހަނަޅައިދިޔައީ ކީއްވެތޯ،' އެވެ. މިމައްސަލާގައި އަންހެން ކުއްޖާގެ އާއިލާއިން ދައްކާވާހަކައާއި ފުލުހުން ދައްކާ ވާހަކަ ދިމައެއް ނުވެއެވެ. އަދި ފުލުހުން އެބުނާ ގޮތަށް އަންހެނުން ކުއްޖާ އަމިއްލައަށް އިމާރާތުން ފުންމާލީ ކަމާމެދު ވެސް އާންމުން ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

ގުޅުންހުރި ޚަބަރު