ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އިޒްދިޔާން ރައީސް އޮފީހުން ވަކިކޮށް، ދާއޫދު ސަސްޕެންޑު ކޮށްފި
ޚަބަރު

އިޒްދިޔާން ރައީސް އޮފީހުން ވަކިކޮށް، ދާއޫދު ސަސްޕެންޑު ކޮށްފި

މމުހައްމަދު އަލީ24 އޭޕްރީލް 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން، އެ މަގާމުން މިއަދު ވަކިކުރައްވައިފި ކަމަށް ރައީސްއޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، އެ ކޮމިޓީއިން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީއިން މިއަދު އޭނާ ވަކިކުރައްވައިފި ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހީނާ ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކުރައްވައިފި ކަމަށެވެ.

ގުޅުންހުރި ޚަބަރު