ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ފައްޔާޒު، ރައީސަށް: ޒިންމާއިން ނުރެކި ތެދު ހާމަކޮށްދެއްވާ
ޚަބަރު

ފައްޔާޒު، ރައީސަށް: ޒިންމާއިން ނުރެކި ތެދު ހާމަކޮށްދެއްވާ

މމުހައްމަދު އަލީ25 އޭޕްރީލް 2025
އެކާވީސް އަހަރުގެ ޒުވާން އަންހެންކުއްޖެއް  ކަމަށްވާ ހައްވާ ޔުމްނު ރަޝީދު ގެއެއްގެ ނުވަނަބުރިން ވެއްޓުނު ހާދިސާގެ ޒިންމާ އެމްޑީޕީގެ ބޮލުގައި އެޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރެއްވުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އެކަމަށް ރައްދު ދެއްވައިފިއެވެ. ރޭ ބޭއްވި ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާގެ ޒިންމާ އެންމެބޮޑަށް ނަގަންޖެހޭނީ ބިރަކާ ނުލާ މަޖާކުރަން މީގެ އަހަރުތަކެއް ކުރިން ބުނެ އެކަން ޕްރޮމޯޓު ކުރި މީހުން ކަމަށެވެ. އެއީ 2013 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ހިމެނި ކުޅިވަރުގެ ސިޔާސަތުގެ ވާހަކައެކެވެ. ރައީސް މިގޮތަށް ވިދާޅުވުމުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ތުހުމަތު އަމާޒު ކުރެއްވުމަށްވުރެ މިވަގުތު މުހިންމީ މުޅި ހާދިސާގެ ތެދުމައުލޫމާތު ހާމަކުރެއްވުން،" ކަމަށެވެ. ފައްޔާޒު ވިދާޅުވެފައިވަނީ ގައުމުގެ ޒުވާނުންނާއި ގައުމުގެ ކަންބޮޑުވުމަށް ރައީސް ފަރުވާލެއް ނުބެހެއްޓެވި ކަމަށެވެ. މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކެން ކަމަށް ވެސް ވިދާޅުވިއެވެ. "ޒުވާނުންނާއި މުޅިގައުމުގެ ކަންބޮޑުވުމަށް ފަރުވާލެއްނުބަހައްޓައި ޒިންމާއިން ރެކުމަށް ތިޔަ ކުރައްވާ މަސައްކަތް މިގައުމުގެ ރައްޔިތުން ބަލައެއް ނުގަންނާނެ،" ފައްޔާޒު ވިދާޅުވެފައިވެއެވެ. ފައްޔާޒު ވަނީ ގައުމުގެ ރައީސްގެ ބަސްމަގު މިހާލަތުގައިވެސް މިފަދައިން ގެންގުޅެފައިވާތީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

ގުޅުންހުރި ޚަބަރު