ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މުލީ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފުލައިޓު ޖައްސައިފި
ޚަބަރު

މުލީ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފުލައިޓު ޖައްސައިފި

މމުހައްމަދު އަލީ26 އޭޕްރީލް 2025
އެމްޑީޕީގެ ސަރުކާރުން މ. އަތޮޅު މުލީގައި 2021 ވަނަ އަހަރު ތަރައްގީކުރަން ފެށި އެއާޕޯޓުގެ މަސައްކަތް ނިންމައި މިއަދު ފުރަތަމަ ޓެސްޓް ފުލައިޓު ކާމިޔާބު ކަމާއެކު ޖައްސައިފިއެވެ. މިއީ އެއަތޮޅުގެ ރައްޔިތުންގެ ދަތުރުފަތުރަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހަކަށްވެގެންދާނެއެވެ. ޓެސްޓު ފުލައިޓުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމާއި، ސްޓޭޓް މިނިސްޓަރ ފޯރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އިސްމާއިލް ހަމީދާއި، އެމްޓީސީސީގެ ސީއޯއޯ ސިނާން އަލީއާއި، އާރްއޭސީއެލްގެ އެމްޑީ، އަޙްމަދު މުބީނާއި، ސަރުކާރާއި އެސްއޯއީތަކުގެ އިސް ވެރިން ބައިވެރިވިއެވެ. މިބޭފުޅުން އެރަށަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ސަގާފީ ނެށުމާއި ފަރިހަރަކާތްތަކުން މަރުހަބާ ކިޔައިފައެވެ. މިއީ އެރަށުގެ ރައްޔިތުން މިކަމަށް ކުރަމުންދިޔަ އުންމީދުތައް ހަގީގަތަކަށްވި ދުވަހަށްވުމުން އެރަށުގެ އެންމެންވެސް ތިބީ އުފަލުންނެވެ. ވަރަށް އަވަހަށް މި އެއާޕޯޓު ރަސްމީކޮށް ހުޅުވައި ޚިދުމަތްދޭން ފަށާނެއެވެ.  އެއާޕޯޓު ހުޅުވައި ޚިދުމަތް ދޭން ފެށުމުން އެރަށާއި އެރަށުގެ ކައިރީގައިވާ ރަށްރަށުގެ މީހުންނަށް ދަތުރުފަތުރު ކުރުމުގައި ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.  

ގުޅުންހުރި ޚަބަރު