ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ރައުދު ހައްޔަރު ކުރުމަށްފަހު މިއަދު ފަސްދުވަހަށް ބަންދުކޮށްފި
ޚަބަރު

ރައުދު ހައްޔަރު ކުރުމަށްފަހު މިއަދު ފަސްދުވަހަށް ބަންދުކޮށްފި

މމުހައްމަދު އަލީ26 އޭޕްރީލް 2025
އެޕްރީލް އަށާރަވަނަދުވަހުގެ ހެނދުނު މާލޭގެ ގެއެއްގެ ނުވަނަ ބުރިން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދާއެކު އެރޭ އުޅުނު ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރުގެ ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓުން އަމުރެއް ހޯދައިގެންނެވެ. އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރެއް ނެރެދީފައި ކަމަށް ފުލުހުން ބުނެފިއެވެ. ކުރިން ފުލުހުން ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި އެހެން އެއްވެސް މީގެއްގެ ބައިވެރިވުމެއް ނުވާކަމަށެވެ. އެހެންނަމަވެސް ފަހުން މިވަނީ ރައުދު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ރައްޔިތުންގެ ތެރެއިން ބަޔަކު މަގުމައްޗަށް ނުކުމެ ސަރުކާރަށް ހެސްކިޔާފައި ޕްރެޝަރު ކުރުމުން ކަމަށް ބެލެވެއެވެ.  

ގުޅުންހުރި ޚަބަރު