ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޔުމްނު ވީތަނެއްނޭނގޭ، ވެއްޓުނީ ކަމަށް ބެލެވޭ: ރައުދު
ޚަބަރު

ޔުމްނު ވީތަނެއްނޭނގޭ، ވެއްޓުނީ ކަމަށް ބެލެވޭ: ރައުދު

މމުހައްމަދު އަލީ26 އޭޕްރީލް 2025
ހައްވާ ޔުމްނު ރަޝީދު ގެއެއްގެ ނުވަވަނަ ބުރިން ވެއްޓުމުގެ ކުރިން އެރޭ އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޛިލާލާއި ޔުމްނުއާ ދެމީހުގެ މެދުގައި އެރޭ ހަމަނުޖެހުންތަކެއް ހިނގާފައި ވާކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ ރައުދު ހައްޔަރު ކުރަން ކޯޓުން ނެރެދީފައިވާ އަމުރުންނެވެ. ކޯޓު އަމުރުގެ "އިތުރު ބަޔާން" މިބައިގައި ކޯޓުން ބުނެފައިވަނީ އެރޭ އެދެމީހުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާކަން ކޯޓަށް އެނގެނީ އައިއޯގެ ފަރާތުން ކަމަށެވެ. ޔުމްނު ވެއްޓުމަށްފަހު މާގިނަ އިރުތަކެއް ނުވަނީސް ޔުމްނު (އަނިޔާ ލިބުނު) ކޮބައިތޯ އެހުމުން އޭނާވީތަނެއް ނޭނގޭ ކަމަށާއި އޭނާ ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އައިއޯ ވަނީ ބުނެފައި ކަމަށް ކޯޓުއަމުރުން ފެންނަން އެބައޮތެވެ. "ތަހުގީގަށް އިތުރަށް އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު ފަރާތާއި މީނާއާ ދެމެދު އެރޭ ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި އަނިޔާލިބުނު ފަރާތް ވެއްޓުނު ހާދިސާއަށްފަހު އޭގެ މާގިނައިރުތަކެއް ނުވަނީސް އަނިޔާ ލިބުނު ފަރާތްކޮބައިތޯ ސުވާލުކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް މީނާ ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އައިއޯ ފާހަގަކުރި" ކޯޓު އަމުރުގައި ބުނެފައިވެއެވެ. ސުވާލަކީ ޔުމްނު ކޮބައިތޯ ރައުދު ގާތުން އެހީ ކޮންބައެއްތޯ ނުވަތަ ކާކުތޯއެވެ. އެސުވާލު އޭނާއާ ކުރާނީ އެރޭ އެމީހުންނާއެކު އުޅުނު އެހެން މީހުންގެ ތެރެއިން ބައެއް ނުވަތަ މީހަކު ކަމަށް ވުމުގެ ފުރުސަތު ވަރަށްބޮޑެވެ.

ގުޅުންހުރި ޚަބަރު