ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ނުވަމީހެއްގެ ފޯނު ހިފަހައްޓައިފި
ޚަބަރު

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ނުވަމީހެއްގެ ފޯނު ހިފަހައްޓައިފި

މމުހައްމަދު އަލީ26 އޭޕްރީލް 2025
މިހިނގާ އެޕްރީލް މަހު އަށާރަވަނަދުވަހު ހެނދުނު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ނުވަ މީހެއްގެ ފޯނު ހިފަހައްޓައިފި ކަމަށް ފުލުހުން ބުނެފިއެވެ. އުމުރުން އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މިއެންމެންގެ ފޯނު ހިފަހައްޓާފައިވަނީ ކޯޓުން އަމުރު ހޯދައިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. "2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން  ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. އެއީ ޖުމުލަ 9 މީހެއްގެ ފޯނު،" ފުލުހުން ބުނެފައިވެއެވެ.  

ގުޅުންހުރި ޚަބަރު