ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ތިނަދޫގައި ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފި
ޚަބަރު

ތިނަދޫގައި ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފި

މމުހައްމަދު އަލީ26 އޭޕްރީލް 2025
ގދ. ތިނަދޫ ޑރ.އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފިއެވެ. މި ސަރޖަރީ ހަދާފައިވަނީ މިވަގުތު އެ ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުން ގެންދާ ޑޮކްޓަރުންގެ ޓީމަކުންނެވެ. މިޓީމު އެހޮސްޕިޓަލުގައި ހުކުރުދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް މަސައްކަތްކުރާނެއެވެ. މި ޓީމުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ އެކި ދާއިރާތަކުގެ ޚާއްޞަ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ވެސް ބައިވެރިވެއެވެ. ޓީމުގައި ހިމެނޭ ޑރ. އަބުދުﷲ އުބެއިދާ ހަވާލާދީ ސަރުކާރު ނޫހުން ބުނެފައިވަނީ ރީޖަނަލް ހޮސްޕިޓަލެއްގައި މިފަދަ އޮޕަރޭޝަނެއް ކުރެވުމަކީ މުހިންމު ކުރިއެރުމެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައި މިފަދަ އެހެން އޮޕަރޭޝަންތައް އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދާނޭ ކަމަށް ވެސް ބުނެފައިވެއެވެ. ލެޕްރޮސްކޯޕިކް ސަރޖަރީ އަކީ އޮޕަރޭޝަން ކުރަންޖެހޭ ހާލަތުގައި އެންމެ ކުޑަކޮށް ކަފައިގެން ކެމެރާ ހަރުކޮށްގެން ބަލައިގެން ކުރާ ސަރޖަރީތައް ކަމަށްވެސް ވަނީ ބުނެފައެވެ. މިއީ ރައްޔިތުންނާއި ގާތުން ސިއްހީ ޚީދުމަތް ފޯރުކޮށް ދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ހިންގާ ކޭމްޕެއް ކަމަށްވެސް އެނޫހުންވަނީ ބުނެފައެވެ. އެ ހޮސްޕިޓަލުގައި ހަރަކާތްތެރިވާ ޓީމުގައި ޖުމުލަ 8 ޑޮކްޓަރުން ހިމެނެއެވެ.  

ގުޅުންހުރި ޚަބަރު