ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޕްރެޝަރު ބޮޑުވެ ސީޕީ އިސްތިއުފާ ދޭން ނިންމައިފި
ޚަބަރު

ޕްރެޝަރު ބޮޑުވެ ސީޕީ އިސްތިއުފާ ދޭން ނިންމައިފި

މމުހައްމަދު އަލީ27 އޭޕްރީލް 2025
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގުގައި ކަންތައްތަކެއް ފޮރުވައި އޮޅުވާލަން އުޅޭކަމަށް ބުނެ ޒުވާނުން މަގުމައްޗަށް ނުކުމެ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުގެ އިސްތިއުފާއަށް ގޮވަން ފެށުމުން އިސްތިއުފާ ދޭން އޭނާ ނިންމައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިވާހަކަ ރާއްޖޭ ބައެއް ނޫސްތަކުން ވެސް ވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް ފުލުހުންގެ ރަސްމީ އެއްވެސް މަސްދަރަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ފުލުހުންގެ އިސްބޭފުޅަކު ވިދާޅުވީ މިކަހަލަ ވާހަކައެއް އެބަ ދައުރުވާ ކަމަށެވެ. އޭނާވެސް އެވާހަކަ ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ބައެއް ނޫސްތަކުގައި ބުނެފައިވަނީ ސީޕީ އިސްތިއުފާ ދެއްވަން ނިންމެވި ސަބަބުތަކުގެ ތެރޭގައި އާއިލީ ބައެއް ޒިންމާތައް އުފުއްލަވަން ކަމަށެވެ. ޔުމްނުގެ މައްސަލާގައި މާލޭގެ މަގުތަކަށް ޒުވާނުން ނުކުމެ ސީޕީ ސުޖާއުގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހްސާނާއި، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ވަނީ ގޮވާލައިފައެވެ. އެ ގޮވާލުމަށް ރައްދު ދެއްވަމުން ހޯމްލޭންޑު މިނިސްޓަރ އަލީ އިހްސާން ވިދާޅުވެފައިވަނީ އޭނާ އިސްތިއުފޭ ދެއްވަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނޭ ކަމަށެވެ. ޔުމްނުއަށް އިންސާފު ހޯދައިދިނުމާއި އޭނާއަށް އަވަސް ފަރުވާ ފޯރުކޮށްދިނުމަށް އެދި ޒުވާނުންދަނީ މަގުމައްޗަށް ނުކުމެ ސަރުކާރަށް ގޮވާލަމުންނެވެ. ޔުމްނަށް ބޭސްފަރު ކޮށްދިނުމަށް ސަރުކާރުގެ ޚަރަދުގައި މެލޭޝިއާއަށް ގެންދިއުމަށް މިހާރުވަނީ ނިންމާފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ރައީސަށް ލަފާދޭ ޔޫތު ކައުންސިލުގެ މެންބަރުންތަކެއްވެސް ވަނީ ޔުމްނު ވެއްޓުނު މައްސަލާގައި، އިސްތިއުފާ ދީފައެވެ.  

ގުޅުންހުރި ޚަބަރު