ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ސީޕީ ޝުޖާއުގެ އިސްތިއުފާ ރައީސް ގަބޫލު ކުރައްވައިފި
ޚަބަރު

ސީޕީ ޝުޖާއުގެ އިސްތިއުފާ ރައީސް ގަބޫލު ކުރައްވައިފި

މމުހައްމަދު އަލީ27 އޭޕްރީލް 2025
ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލު ކުރައްވައިފިއެވެ. މިކަން ހާމާކޮށްފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝުޖާއު އިސްތިއުފާ ދެއްވުމުން ރައީސް ވަނީ އެކްޓިން ކޮމިޝަނަރުގެ މަގާމަށް ޑީސީޕީ އިސްމާއީލް ނަވީނަށް ދެއްވައިފައިފައެވެ. އޭގެ ކުރިން އެ މަސްއޫލިއްޔަތު ޑީސީޕީ ފަރުހާދު ފިކުރީއާ ވެސް ހާލުކުރިކަމަށް ވެއެވެ. ޝުޖާއު އިސްތިއުފާ ދެއްވީ މިމަހު 18 ވަނަ ދުވަހުގެ ހެނދުނު އަންހެން ކުއްޖަކު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައިވާ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ދޮގުހަދާ ކަމަށް ބުނެ ރައްޔިތުންގެ ތެރެއިން ބަޔަކު މީހުން މަގުތަކަށް ނުކުމެ އޭނާގެ އިސްތިއުފާއަށް ގޮވާލާފައި ވަނިކޮށްނެވެ. އެ ހާދިސާގައި ވެއްޓިފައިވަނީ އުމުރު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދެވެ. މިމައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންދަނީ ކަންތައްތަކެއް ފޮރުވަމުން ކަމަށްބުނެ ކޮންމެ ރެއަލު މަގުމައްޗަށް ނުކުމެ ހަގީގަތް ހާމަކޮށް، ޔުމްނުއަށް އިންސާފު ހޯދައިދޭން ދަނީ ގޮވަމުންނެވެ. މި މައްސަލައަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އޭނާގެ އިސްތިއުފާއަށާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާންގެ އިސްތިއުފާއަށް ވެސް ދަނީ ގޮވަމުންނެވެ. އެހެންނަމަވެސް އެ ދެބޭފުޅުންވެސް ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ނެތްކަމަށެވެ. މިމައްސަލާގައި އެބޭފުޅުންގެ ބައިވެރިވުމެއްވެސް ނުފޫޒެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެފައިވެއެވެ. މިމައްސަލާގައި ފުލުހުން ކުރިން ބުނެފައިވަނީ ޔުމްނު ވެއްޓިފައިވަނީ އަމިއްލައަށް ކަމަށާއި އެކަމުގައި އެހެން އެއްވެސް މީހެއްގެ އަތެއްނެތް ކަމަށެވެ. އެހެންނަމަވެސް ފަހުން ވަނީ ހާދިސާ ހިނގިއިރު އޭނާއާއެކު އުޅުނު ރައުދު ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކޮށްފައެވެ. މިމައްސަލާގައި ފުލުހުން ވަނީ 9 މީހެއްގެ ފޯނުވެސް ހިފަހައްޓައިފިއެވެ.  

ގުޅުންހުރި ޚަބަރު