ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އިތުބާރު ހޯދަން ސަރުކާރުން މަސައްކަތްކުރުން ރަނގަޅު: ފައްޔާޒު
ޚަބަރު

އިތުބާރު ހޯދަން ސަރުކާރުން މަސައްކަތްކުރުން ރަނގަޅު: ފައްޔާޒު

މމުހައްމަދު އަލީ27 އޭޕްރީލް 2025
ޒުވާނުން އިސްވެ ތިބެ މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތައް ސިޔާސީކޮށް އެކަން އެމްޑީޕީ ބޮލުގައި އަޅުވަން ސަރުކާރާ ގުޅުންހުރި ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވެފައިވަނީ މިކަން ސިޔާސީކޮށް އެކަމުގެ ބަދުނާމު އެމްޑީޕީގެ ބޮލުގައި އަޅުވަން އެގޮތަށް މަސައްކަތް ކުރުމަކީ ދެރަކަމެއް ކަމަށެވެ. މާލޭގައި ޒުވާނުން ކޮންމެރެއަކު މިހާރު ކުރަމުންދާ މުޒާހަރާތަކީ ސަރުކާރުގެ ސިއްރުތަކާއި ގޯސްކޮށް ކުރަމުންދާ ކަންކަމާމެދު އިޚްލާސްތެރިކަމާއެކު ޝުއޫރުފާޅުކުރުން ކަމަށެވެ. މިއިން ދައްކުވައިދޭ ބިރުވެރި ކަމަކީ ދައުލަތުގެ މުއައްސަސާތަކާއި، މީޑިއާއާއި، ސިޔާސީ ނިޒާމާއި، ސިޔާސީ ޕާޓީތަކުގެ އިތުބާރު ގެއްލިގެންދާ ކަމުގެ ނިޝާންތައް ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީ ބޮލޮގައި އިލްޒާމްތައް ނާޅުވައި މި ކަންބޮޑުވުންތައް ރަނގަޅަށް އަޑުއަހައި، ޒުވާނުން ނުކުމެ ޖަވާބު ހޯދުމަށް ކުރާ މަސައްކަތްތައް ފުނޑުފުނޑުކޮށްލުމަށް ވުރެ، އަލުން އިތުބާރު ހޯދުމަށް މަސައްކަތް ކުރުމަކީ ގައުމުގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމަށް ވިދާޅުވެފައިވެއެވެ. ފައްޔާޒު މިހެން ވިދާޅުވީ ޕީއެންސީގެ ބާރަށުދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއުކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. އެޓުވީގައި ޝުޖާ ވިދާޅުވެފައިވަނީ ޒުވާނުންގެ މުޒާހަރާގެ ތެރެއަށް އެމްޑީޕީ ދަނީ ވަދެ ފަސާދަ ކުރަމުން ކަމަށެވެ. އަދި ޒުވާނުން ކުރާ ސުލްހަވެރި އިހްތިޖާޖުން އެމްޑީޕީން ދަނީ ސިޔާސީ މަންފާ  ވެސް ހޯދަމުން ކަމަށް ވިދާޅުވެފައިވެއެވެ. "އެމްޑީޕީން މިއިހްތިޖާޖު ބޭނުންކޮށްގެން ފައިސާ ހޯދަމުން އެބަގެންދޭ. މިއިހްތިޖާޖް ރާވާ ހިންގާ ޒުވާނުން މިކަމަށް ސަމާލުވުމަށް ދަންނަވަން،" ޝުޖާއު ވިދާޅުވެފައިވެއެވެ. ޝުޖާއުގެ މިވާހަކައަށް ބައެއް ޒުވާނުން ބުނެފައިވަނީ ޝުޖާއުމެންވެސް މަސައްކަތް ކުރަނީ އިތުރަށް ޒުވާނުން ރުޅިއަރުވައި މަސްރަހު ގޯސްކޮށް އަޑީގައި ތިބެގެން މިސަރުކާރު ވައްޓާލަން ކަމަށެވެ.

ގުޅުންހުރި ޚަބަރު