ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މެލޭޝިއާގައި އުޅޭ ދިވެހީންނަށް ކަންކަން ފަހިވާނޭ ކަމުގެ އުންމީދު ބޮޑު: ރައީސް
ޚަބަރު

މެލޭޝިއާގައި އުޅޭ ދިވެހީންނަށް ކަންކަން ފަހިވާނޭ ކަމުގެ އުންމީދު ބޮޑު: ރައީސް

މމުހައްމަދު އަލީ27 އޭޕްރީލް 2025
މެލޭޝިޔާގައި ދިރިއުޅެމުންދާ ދިވެހީންނަށް މިހާރަށްވުރެ ލުއިފަސޭހަކޮށް ކަންކަން ހަމަޖެހިގެންދާ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރީން ދެއްވި މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މެލޭޝިއާއާއި ދިވެހިރާއްޖެއަކީ މިހާރުވެސް ގާތް ގުޅުމެއް އޮތް ދެ ޤައުމު ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން، މާތް ﷲ ގެ އިރާދަފުޅާއެކު އެ ގުޅުމަށް އިތުރު ބަދަހިކަމެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މެލޭޝިއާއަކީ މިވަގުތު އެންމެ ގިނަ ޢަދަދެއްގެ ދިވެހިން، ޤައުމުން ބޭރުގައި ވަޒަންވެރިވެފައިވާ ޤައުމުކަމުގައި ވުމީ، މި ދަތުރުފުޅުގައި، ދިވެހި ސަރުކާރުގެ ފަރާތުން، އިތުރު ކަންތައްތަކެއް ފަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ އެއްސަބަބު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ދަތުރުފުޅުގެ ތެރެއިން އެކަންކަމަށް މަސައްކަތްޕުޅުތަކެއް ކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ މިދަތުރުފުޅުގައި މެލޭޝިއާއަށް ވަޑައިގެންނެވިޔަސް އެމަނިކުފާނާ ބައްދަލު ނުކުރަން އެގައުމުގައި ކިޔަވަމުންދާ ދިވެހި ކުދިން ނިންމާފައިވާ ކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެމަނިކުފާނާ ބައްދަލު ކުރަން ބޭނުންނުވަނީ މިވަގުތު ގައުމުގައި ހިނގަމުންދާ ކަންކަމާ ހިތްހަމަ ނުޖެހިގެން ހިމޭން އިހުތިޖާޖެއް ކުރުމަށް ކަމަށް އެނގިފައިވެއެވެ.

ގުޅުންހުރި ޚަބަރު