ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޒުވާނުންގެ ޝުޢޫރު އަޑުއަހާނަން: ރައީސް
ޚަބަރު

ޒުވާނުންގެ ޝުޢޫރު އަޑުއަހާނަން: ރައީސް

މމުހައްމަދު އަލީ27 އޭޕްރީލް 2025
ޒުވާނުންގެ ކަންބޮޑުވުންތަކާއި، ޝަކުވާތަކާއި، ޝުޢޫރުތައް އަޑުއައްސަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، މިއަދު، ވެލާނާ އިންޓަރނޭޝަނަލް ވައިގެ ބަނދަރުގައި ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވަނީ، ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ދެއްވާ އަހަންމިއްޔަތު ހާމަކުރައްވާފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނަށް އެންމެ މުހިންމީ، ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާއި ކުރެއްވި ހުވާކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވޭނޭ އެއްވެސް ފަރާތެއް ނުހުންނާނޭ ކަމަށް ވެސް ވިދާޅުވިއެވެ. ރައްޔިތުންގެ ކަންވޮޑުވުންތަކާއި ޝުޢޫރުތައް އަޑުއެއްސެވުމުގައި ފަސްޖެހިވަޑައިނުގަންނަވާނޭ ކަމަށާއި، އެ ކަންބޮޑުވުންތައް އަޑުއައްސަވާނީ ވެސް، އެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވާނީވެސް، އަދި އެކަންކަމާ ގުޅޭ ފިޔަވަޅުތައް އަޅުއްވާނީވެސް ތަހުޒީބުކަމާ އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ރިޕޯޓުކޮށްފައިވެއެވެ. ރައީސް މިހެން ވިދާޅުވީ ޒުވާން އަންހެނަކު ގެއެއްގެ ފުރާޅުން ވެއްޓި އެކަމުގެ އެދެވޭ ސައްހަ މައުލޫމާތުނުލިބި އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައިވާތީ ޒުވާނުން ނުކުމެ މުޒާހަރާ ކުރަން ފެށުމުން އެކަމަށް ޖަވާބެއް ދެއްވުމަށެވެ. ރައީސް ވަނީ، ޒުވާނުންގެ ކަންބޮޑުވުންތަކާއި ޖަޒުބާތުގެ ނާޖާއިޒު ފައިދާ ނަގައި، އެ ޝުޢޫރުތައް ބޭނުންކޮށްގެން ސިޔާސީ ގޮތުން ޤައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭ ފަރާތްތަކަށް އެ ފުރުޞަތު ނުދިނުމަށް އިލްތިމާސްކުރައްވާފައެވެ. ފަރުދީ އަދި ޖަމާޢީ ފެންވަރުގައިވެސް ދިވެހީންނަށް މަސްލަޙަތު އޮތް ގޮތަކީ، ޤައުމުގައި ހަމަޖެހުން ޤާއިމުވެފައި އޮތުންކަން ހަނދާންކޮށްދެއްވަމުން، އެކަން ކަށަވަރުކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު