ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
އަޅުގަނޑު ޖަވާބުދާރީވާންޖެހޭނީ ހަމައެކަނި ރައްޔިތުންނަށް: ރައީސް
ޚަބަރު

އަޅުގަނޑު ޖަވާބުދާރީވާންޖެހޭނީ ހަމައެކަނި ރައްޔިތުންނަށް: ރައީސް

މމުހައްމަދު އަލީ27 އޭޕްރީލް 2025
ގައުމުގައި އަދުލު އިންސާފު ގާއިމްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވާންޖެހޭ ހަމައެކަނި ފަރާތަކީ ދިވެހި ރައްޔިތުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެސަރުކާރަކީ އަދުލު އިންސާފު ގާއިމްކުރާނޭ ސަރުކާރެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރީން ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ޒުވާނުންގެ ހަގީގީ ކަންބޮޑުވުންތަކެއް ހުރިކަމަށެވެ. އެކަންކަން އަޑުއައްސަވައި، ހައްލު ހޯއްދަވައިދެއްވައި، ރޫލް އޮފް ލޯ ގާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނޭ ވެސް ރައީސް ވިދާޅުވިއެވެ. ހުރިހާ ހާލަތެއްގައިވެސް އަދުލު އިންސާފު ގާއިމްކުރައްވާނޭކަމަށާއި، ވަކި ފަރާތަކަށް ހިމާޔަތް ދިނުމަކީ އެމަނިކުފާނުގެ ސަރުކާރުން ކުރާނޭ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި އުފެދިފައިވާ ސުވާލުތަކަކީ ޖަވާބުލިބެންޖެހޭ ސުވާލުތަކެއްކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެސުވާލުތަކަށް ޖަވާބު ހޯދުމަށް މިހާރު އެކުލަވާލައްވާފައިވާ ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަހުގީގުން އެސުވާލުތަކަށް ޖަވާބުލިބި، އަޅަންޖެހޭ ތަންފީޒީ ފިޔަވަޅުތައް އަޅުއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއްކަމަށާއި، އަދުލު އިންސާފު ގާއިމް ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވާންޖެހޭ ހަމައެކަނި ފަރާތަކީ ދިވެހި ރައްޔިތުންނަށްކަމަށެވެ.  

ގުޅުންހުރި ޚަބަރު