ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޔުމްނުގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި
ޚަބަރު

ޔުމްނުގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި

މމުހައްމަދު އަލީ27 އޭޕްރީލް 2025
އެޕްރީލް އަށާރަވަނަ ދުވަހު ހ. ފެންޓެނޯއިގޭގެ  ނުވަވަނަ ބުރިން ވެއްޓި އަނިޔާވެފައިވާ ހައްވައް ޔުމްނު ރަޝީދުގެ މައްސަލަ ބަލައި ތަހުގގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ. އެކޮމިޝަނުގައި ހިމެނިވަޑައިގެންވަނީ ތިން ބޭފުޅެކެވެ. އެއީ ކަށީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު ހަބީބާއި، ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރާއި، ރިޓަޔަރޑް ބުރިގޭޑިއަރޖެނެރަލް އަހުމަދު މުހައްމަދެވެ. މިކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ ޑރ. މުނައްވަރެވެ. މިއީ ރައީސް މުއިއްޒު އުފެއްދެވި ފުރަތަމަ ރިޔާސީ ކޮމިޝަނެވެ. ރައީސް މިކޮމިޝަން އުފައްދަވާފައިވަނީ ގިނަ ބާރުތަކެއް ދެއްވަވައިގެންނެވެ. މިކޮމިޝަނަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާނޭ ކޮމިޝަނެއް ކަމަށް ޚުދު ރައީސް ވަނީ ވިދާޅުވެފައެވެ. އެ ކޮމިޝަނުން ހަގީގަތް ހޯދުމުގައި އަދި ބަލަންޖެހޭ ކަމެއް ބެލުމުގައި، އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ ކަމަށާއި އެފަދަ ހުރަހެއް ކުރިމަތިވެސް ނުކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވަވައިފައެވެ. އެ ކޮމިޝަނަށް ސުވާލު ނުކުރެވޭނެ ފަރާތެއް، އަދި ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ ކަމަށާއި، ބޭރު ގައުމަކުން އެހީ ހޯދަން ޖެހުނަސް އެކަން ކުރުމުގެ ބާރުވެސް ދެއްވާފައިވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު