ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ބާވަންނަ ފުލުހަކަށް ސެޓްފިކެޓު ދީފި
ޚަބަރު

ބާވަންނަ ފުލުހަކަށް ސެޓްފިކެޓު ދީފި

މމުހައްމަދު އަލީ27 އޭޕްރީލް 2025
ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ދެ ކޯހަކުން ދަސްވެނިވި 52 ފުލުހުންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ އިސްކަންދަރު ބިލްޑިންގ މަލްޓިޕަރޕަސް ހޯލުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ސެޓްފިކެޓް ދީފައިވަނީ ސެންޓަރ ފޮރ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްޓަޑީޒްއިން ހިންގި ސަޓިފައިޑް ޓްރެއިނަރ ކޯސް (ބެޗް 11) އާއި ސެންޓަރ ފޮރ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސް ސްޓަޑީޒްއިން ހިންގި އިލެކްޓްރޯނިކް އެވިޑެންސް ޓްރެއިނިންގ (ބެޗް 1) ފުރިހަމަކުރި ފުލުހުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.

މި ރަސްމިއްޔާތުގައި، ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާއެވެ. 23 ފެބުރުވަރީ އިން 9 މާރިޗު 2025 އަށް ކުރިޔަށް ގެންދިޔަ ސަޓިފައިޑް ޓްރެއިނަރ ކޯހަކީ ފުލުހުންގެ ތަމްރީނު ދިނުމުގެ ހުނަރު ހަރުދަނާކުރުމަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯހުގައި ބައިވެރިވި 25 ފުލުހުންގެ ތެރެއިން 22 ފުލުހުން ވަނީ ކޯސް ފުރިހަމަކޮށްފައެވެ. 20 އިން 24 އޭޕްރިލް 2025 އަށް ކުރިޔަށް ގެންދިޔަ އިލެކްޓްރޯނިކް އެވިޑެންސް ޓްރެއިނިންގ ކޯހުގައި ބައިވެރިވި 30 ފުލުހުން ވެސް ވަނީ ކޯސް ފުރިހަމަކޮށްފައެވެ. މި ކޯހުގައި ޑިޖިޓަލް ފޮރެންސިކްސް، ސައިބަރ ސެކިއުރިޓީ އަދި ހެކި ބެލެހެއްޓުމުގެ އުސޫލުތަކަށް "އަލިއަޅުވާލި" ކަމަށް ފުލުހުން ވިދާޅުވިއެވެ. އެންސީޕީއެލްއީ އިން ގެންދަނީ ޒަމާނީ ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ފެންވަރު ރަނގަޅު ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ކުރުމުއްދަތާއި ދިގު މުއްދަތުގެ ތަފާތު ކޯސްތައް ހިންގަމުންނެވެ.  

ގުޅުންހުރި ޚަބަރު