ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އެމީހުންގެ ފޯޓޯއާއި ވީޑިއޯ ހާމަކުރާތީ ޚާއްސަ އޮޕަރޭޝަނެއް ފަށައފި
ޚަބަރު

އެމީހުންގެ ފޯޓޯއާއި ވީޑިއޯ ހާމަކުރާތީ ޚާއްސަ އޮޕަރޭޝަނެއް ފަށައފި

މމުހައްމަދު އަލީ27 އޭޕްރީލް 2025
މާލެއާއި ބައެއް ރަށްރަށުގެ މަގުމަތީގައި މަސްތުގެ ހާލުގައިތިބޭ މީހުންގެ ފޮޓޯއާއި ވީޑިއޯނަގައި ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ މައްސަލަ ސަމާލުކަމަށް އައިސްފި ކަމަށް ނެޝަނަލް ޑްރަގް އެޖެންސީން ބުނެފިއެވެ. އެކަން ސަމާލު ކަމަށް އައީ ރައްޔިތުންގެ ފަރާތުން ކަމަށް ވެސް ބުނެފައިވެއެވެ. އެ އެޖެންސީން ބުނެފައިވަނީ މިކަމާ ގުޅިގެން އެ އެޖެންސީއާއި ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފައި ކަމަށެވެ. މިއީ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މަސްތުވާތަކެތި ބޭނުންކުރުމަކީ ޖީނާއީ ކުށެކެވެ. އޭގެ އިތުރުން ސިއްހަތަށް ނުރައްކާވެ ފުރާނައަށް ވެސް ގެއްލުން ލިބޭ އަމަލެއް ކަމަށް އެ އެޖެންސީންވަނީ ބުނެފައެވެ. ޕާޓީ ޑްރަގުގެ އިތުރުން މަސްތުވުމުގެ ނުރަނގަޅު އެހެން އާދަތަކުގެ ސަބަބުން ބަލިތަކަށް ހުށަހެޅޭ ކަމަށްވެސް ބުނެފައިވެއެވެ. މަސްތުވުމަށް އިންޖެކްޓް ކުރުންފަދަ ކަންކަމަކީ މީގެ އެންމެބޮޑު އެއް ނުރައްކަލެވެ. މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު މީހާރުވެސް ދަނީ މިފަދަ ބަލިތައް ތަހައްމަލް ކުރަމުން ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ. ޕާޓީ ޑްރަގާއި އެފަދަ މާއްދާތަކާއި މަސްތުވާތަކެތި ރާއްޖޭގައި ބޭނުންކުރަމުންދަނީ ރައްކާތެރި އެއްޗެއް ކަމަށް ބަލައިގެން ކަމަށްވިޔަސް އެއީ ފުރާނައަށް ގެއްލުންވާވަރުގެ ނުރައްކާތެރި އެއްޗެއް ކަމަށް ނެޝަނަލް ޑްރަގު އެޖެންސީން ވަނީ ބުނެފައެވެ. އެހެން ކަމުން މަސްތުވާ ހުރިހާ ބާވަތްތަކާ ދުރަށްގޮސް ފުރާނަ ސަލާމަތް ކުރުމަށް ނެޝަނަލް ޑްރަގު އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިކަމުން މީހުން ދުރުކުރުމަށް އިތުރު ޕްރޮގްރާމްތައް ހިންގުމަށް ރާވަމުންދާ ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ. މަސްތުވާތަކެތީން ޒުވާނުން ސަލާމަތް ކުރުމަށް މުޅި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ބުނެފައިވެއެވެ. މަސްތުވެގެން މަގުމަތީގައި ބަޔަކު އުޅޭތަން ފެނިއްޖެނަމަ އެ އެޖެންސީއަށް އަންގައިދިނުމަށްވެސް އެދިފައިވެއެވެ. އެތަނަށް ގުޅޭނެ ނަންބަރަކީ 911 އެވެ.  

ގުޅުންހުރި ޚަބަރު