ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ
ޚަބަރު

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ

މމުހައްމަދު އަލީ28 އޭޕްރީލް 2025
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވަނީ މއ. އަދުންކޮށީގެ / މާލެ، އަޙްމަދު ޝާފިޢީ ,(43އ) ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށެވެ. އަޙްމަދު ޝާފިޢީ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ޖެހެނީ މި ހިނގާ އެޕްރީލްމަހު 18ވަނަ ދުވަހުގެ 11:00 އަށެވެ. ފުލުހުންގެ މައްޗަށް ކޮށްފައިވާ މިއަމުރު ތަންފީޒު ކުރުމަށްޓަކައި، އަޙްމަދު ޝާފިޢީ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ގުޅުންހުރި ޚަބަރު