ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ސިޓީ ޕާރކުގެ ދެވަނަ ފޭސްގެ މަސައްކަތް ކޮށްދޭނޭ ބަޔަކު ހޯދަނީ
ޚަބަރު

ސިޓީ ޕާރކުގެ ދެވަނަ ފޭސްގެ މަސައްކަތް ކޮށްދޭނޭ ބަޔަކު ހޯދަނީ

މމުހައްމަދު އަލީ28 އޭޕްރީލް 2025
ގަލޮޅު ސިޓީ ޕާރކު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ދެވަނަ ފޭސްގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން މާލޭ ސިޓީކައުންސިލުން ބީލަމަށް ހުޅުވައިލައިފިއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ބީލަމަށް ހުޅުވާލީ މިހިނގާ އެޕްރިލް ސައްބީސްވަނަ ދުވަހުއެވެ. މި ބީލަމަށް ހުޅުވާލުމަށް ކައުންސިލުން ކޮށްފައިވާ އިޢުލާންގައި ބުނެފައި ވަނީ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރުން 4 މެއި 2025 ވަނަ ދުވަހުގެ، 9:00 ގައި ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި ހުންނަ، ސިޓީ ކައުންސިލްގެ އިދާރާގައި އޮންނާނެކަމަށެވެ. މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ، 8 މެއި 2025 ވަނަ ދުވަހުގެ 9:00 ގައި ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި ހުންނަ ސިޓީ ކައުންސިލްގެ އިދާރާގައި ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ. ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ގަލޮޅު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާޔާއެކުގައި ކަމަށްވެސް ބުނެފައިވެއެވެ. މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ދުވާ ޓްރެކަކާއި ބެޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަ ކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އައުޓްޑޯ ޖިމެއް ތަރައްގީވެފައި އޮންނާނެއެވެ. ގިނަ އަހަރު ތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ މި ޕާކުގައި، އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ މީހުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ހެދުމަށްވަނީ ހަމަޖެހިފައެވެ. ގަލޮޅު ސިޓީ ފާރކް ތަރައްގީ ކުރުމުގެ މަސައްކަތަކީ، މާލެ ސިޓީއަކީ އަމާން ހިތްފަސޭހަ ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދުމަށް ކުރައްވަމުންގެންދާ ގިނަ ގުނަ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރާ މަސައްކަތެއް ކަމަށް ސިޓީކައުންސިލުން ބުނެފައިވެއެވެ.  

ގުޅުންހުރި ޚަބަރު