ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
"ބިލްޑް އެކްސްޕޯ 2025" އަކީ މާލެ ސިޓީއާ ވަރަށް ގުޅުން ހުރި އެކްސްޕޯއެއް
ޚަބަރު

"ބިލްޑް އެކްސްޕޯ 2025" އަކީ މާލެ ސިޓީއާ ވަރަށް ގުޅުން ހުރި އެކްސްޕޯއެއް

ހިރި ނިއުސްހިރި ނިއުސް28 އޭޕްރީލް 2025
ހުޅުމާލެ ސެންޓަރަލް ޕާކުގައި މިހާރު ކުރިއަށްދާ "ބިލްޑް އެކްސްޕޯ 2025" އަކީ، މާލެ ސިޓީއާ ވަރަށް ގުޅުން ހުރި އެކްސްޕޯއެއް ކަމަށް، މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރ ޢާޒިމް މިހެން ވިދާޅުވީ، މި ފަހަރުގެ ބިލްޑް އެކްސްޕޯގައި މާލޭ ސިޓީ ކައުންސިލުން ޤާއިމްކުރި ސްޓޯލަށް ޒިޔާރަތް ކުރައްވައި މީޑިއަށް ދެއްވި އިންޓަވިއުގައެވެ. މިއީ މި ފަދަ އެސްޕޯއެއްގައި މާލެ ސިޓީން ބައިވެރިވި ފުރަތަމަ ފަހަރު ވެސް މެއެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ޓަކައި މިކަހަލަ މުހިއްމު ސްޓޯލްތައް މެދުވެރިކޮށް މަޢުލޫމާތު ދިނުން މުހިންމު ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ފަސޭހަ ކަމާއެކު މާލެ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ގުޅޭ ބައިން ދެމުން އަންނަ މަޢުލޫމާތު ފޯރު ކޮށްދެވޭނެ ކަމަށެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މިކަހަލަ މުހިންމު އެކްސްޕޯތަކުގައި މާލެ ސިޓި ކައުންސިލުން ބައިވެރިވަމުން ދާނެ ކަމަށާއި އޭގެ މަޤްސަދަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ޚިދުމަތްތައް ދިނުމާއި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދެއްވުމަށް ޓަކައި، މަޢުލުމާތު ސާފު ކޮށްދީ ކުރިއަށް އޮތްތަނުގައި އެ ފަދަ ދަތިތަކެއް ދިމާނުވާނެ ގޮތަކަށް ކައުންސިލްގެ މަސައްކަތްތައް ބައްޓަން ކުރުން ކަމަށެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ ޢަދަދެއްގެ، ރާއްޖޭގެ ވިޔަފާރިތަކާއި، ރާއްޖޭން ބޭރުގެ ވިޔަފާރި ކުންފުނިތަކުން ބައިވެރިވާ، މި އެކްސްޕޯ ކުރިއަށްދާނީ އޭޕްރީލް މަހުގެ 24 –27 ވަނަ ދުވަހުގެ ނިޔަލަށެވެ. މޭޔަރ ޢާޒިމް އަރިހުގައި މި އެކްސްޕޯ ބައްލަވާލެއްވުމުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން ވެސް ބައިވެރިވެ ވަޑައިގެންވިއެވެ.
  • ޚަބަރާއި ފޮޓޯ: މާލޭސިޓީ ކައުންސިލް
 

ގުޅުންހުރި ޚަބަރު