ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ނެދަލެންޑްސްގެ ރަސްގެފާނަށް ރައީސްގެ ތަހުނިޔާ
ޚަބަރު

ނެދަލެންޑްސްގެ ރަސްގެފާނަށް ރައީސްގެ ތަހުނިޔާ

ހިރި ނިއުސްހިރި ނިއުސް28 އޭޕްރީލް 2025
ނެދަލެންޑްސްގެ ކިންގްސް ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނު ކިންގ ވިލަމް އަލެކްސާންޑަރ އަށާއި ބޮޑުވަޒީރު ހެންޑްރިކަސް ވިލެމަސް މާރިއާ ޝޫފަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، ރަސްގެފާނުގެ އުފަންދުވަސް ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނެދަލެންޑްސްގެ ރަސްގެފާނަށާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ރަސްގެފާނަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށާއި، ނެދަލެންޑްސްގެ ރައްޔިތުންނަށް ތަރައްޤީއާއި ތަމައްދުނު ލިބެމުންދިއުމަށް އެދިވަޑައިގަންނަވާކަމަށް، އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ބޮޑުވަޒީރަށް ވަކިން ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނެދަލެންޑްސްގެ ބޮޑުވަޒީރަށާއި ސަރުކާރަށާއި ރައްޔިތުންނަށް، ކިންގްސް ޑޭ ގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި، ނެދަލެންޑްސްގެ ރައްޔިތުންނަށް އިތުރު ތަރައްޤީއާއި ކުރިއެރުމަށް، އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ. -ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު