ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ވިނަރެސް ފުލެޓަކުން ފެނުނީ ޚަަބަރު ހުސްވެފައި އޮތް އަންހެނެއް
ޚަބަރު

ވިނަރެސް ފުލެޓަކުން ފެނުނީ ޚަަބަރު ހުސްވެފައި އޮތް އަންހެނެއް

މމުހައްމަދު އަލީ28 އޭޕްރީލް 2025
ޚަބަރު ހުސްވެފައި އޮތް އަންހެނަކު ހުޅުމާލޭ ފޭސްދޭއްގެ ވިނަރެސް ފުލެޓަކުން ފެނިއްޖެއެވެ. ފުލުހުން ބުނެފައިވަނީ ފެނިފައިވަނީ އުމުރުން އެކާވީސް އަހަރުގެ ދިވެހި އަންހެއްނެއް ކަމަށެވެ. އޭނާއަށް މިހާދު ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ ވިނަރެސް ފުލެޓަށް ފުލުހުންދިޔައީ އެތަނުން އަންހެނަކު ރޯއަޑު އިވޭކަމަށް މިއަދު ހެނދުނު 6:05 އެހައިކަންހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އެރިޕޯޓާ ގުޅިގެން ފުލުހުން އެތަނަށްގޮސް ގަދަކުމުން ދޮރުހުޅުވައި ބެލިއިރު އ އަންހެން މީހާ ފެނުނީ ޚަބަރު ހުސްވެފައިއޮއްވާ ކަމަށެވެ. އެވަގުތު އެގޭތެރޭގައި އާއިލާގެ މީހުން ތިބި ކަމަށާއި އެހެންނަމަވެސް އަންހެންމީހާ އޮތް ކޮޓަރީގައި މީހަކު ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީވެސް އާއިލާއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ . "އެއީ އެކާވީސް އަހަރުގެ ދިވެހި އަންހެނެއް. އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާދެމުން،" ފުލުހުން ބުނެފައިވެއެވެ. މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.    

ގުޅުންހުރި ޚަބަރު