ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ސްޓެލްކޯ އިންޖީނެއްގައި ރޯވެއްޖެ، އަލިފާން ނިއްވީ އެމްއެންޑީއެފުން
ޚަބަރު

ސްޓެލްކޯ އިންޖީނެއްގައި ރޯވެއްޖެ، އަލިފާން ނިއްވީ އެމްއެންޑީއެފުން

މމުހައްމަދު އަލީ28 އޭޕްރީލް 2025
ސްޓެލްކޯ އިންޖީނު ރޫމު ތެރޭގައި ހުރި މެއިން އިންޖީނެއްގެ ދުން ހޮޅީގައި ރޯވެއްޖެއެވެ. މި ޚަބަރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް ލިބުނީ މިއަދު ހެނދުނު 6:19 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ޚަބަރު ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. "އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 06:19 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 06:30 ހާއިރުއެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.  

ގުޅުންހުރި ޚަބަރު