ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ވަގަށް ގޯތި ދިން މައްސަލައިގެ ތަހިގީގަށް ބޭނުންވާ އެއްވެސް ލިއުމެއް އަދާފައެއްނުވޭ
ޚަބަރު

ވަގަށް ގޯތި ދިން މައްސަލައިގެ ތަހިގީގަށް ބޭނުންވާ އެއްވެސް ލިއުމެއް އަދާފައެއްނުވޭ

އއަހުމަދު މުހައްމަދު28 އޭޕްރީލް 2025
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޭން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގެ އުސޫލުން ބޭރުން ލިސްޓުގައި ނުވެސް ނެތް ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ދޫކުރި ކަމަށް ތުހުމަތުވާ މައްސަލައިިގެ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިއުމެއް، ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދާފައިނުވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، މިނިސްޓްރީ ރޯވި ހާދިސާގައި އެފަދަ ލިޔުންތައް ނެތިގެން ގޮސްފައިވޭތޯ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް، މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ އަލިފާނުގެ ހާދިސާގައި އިމާރާތުގައިހުރި ބިންވެރިޔާ ސްކީމާބެހޭ ހާޑް ކޮޕީ ނެތިގެންގޮސްފައިވާ ކަމަށެވެ. ބަޔަކަށް ވަގަށް ގޯތިތަކެއް ދިން ކަމުގެ ތުހުމަތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުއާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން، 20 މީހެއްގެ ޕާސްޕޯޓް 19 ޑިސެމްބަރުގައި ފުުލުހުން ހިފެހެއްޓިއެވެ. ނަމަވެސް އެ އެންމެންގެ ޕާސްޕޯޓް މިދިޔަ މާޗު މަހުގެ 26 ގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ ކުރިން މާފަންނުގައި ހުންނަ ހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވެ މުޅި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އެނދީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެ ހާދިސާގައި ބައެއް ލިޔެކިޔުންތައް އެނދި ނަމަވެސް ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުގެއްލޭނެ ކަމަށް އެ މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ. އަދި އެ ހާދިސާގައި ގެއްލުންވި އެ މިނިސްޓްރީގެ ސާވާތައް ސިންގަޕޫރަށް ފޮނުވައިގެން ރިކަވާކުރެވޭތޯ ބަލަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ. ނަމަވެސް އޭގެ ފަހުން އެކަމުގެ އެއްވެސް ތަފުސީލެއް މިނިސްޓްރީން ދީފައެއް ނުވެ އެވެ.

ގުޅުންހުރި ޚަބަރު