ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޔުމްނުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަން އަލުން އެކުލަވާލައްވައިފި
ޚަބަރު

ޔުމްނުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަން އަލުން އެކުލަވާލައްވައިފި

މމުހައްމަދު އަލީ29 އޭޕްރީލް 2025
މިހިނގާ އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބަލަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ބަދަލު ގެންނަވައި އަލުން އެކުލަވާލައްވައިފިއެވެ. މިއީ މި މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ތަހުގީގުކޮށް، ލަފާ ދިނުމަށް އުފެއްދި ކޮމިޝަނެކެވެ. ރައީސް ފުރަތަމަ މިކޮމިޝަން އުފެއްދެވީ 27 އެޕްރީލް 2025 ގައެވެ. އެ ކޮމިޝަނަށް ބަދަލު ގެންނަވައި އަލުން އެކުލަވާލެއްވީ މިއަދު އެވެ. ކުރީގެ ކޮމިޝަނުގައި ތިއްބެވި ތިންބޭފުޅުންގެ ބަދަލުގައި މިހާރުގެ ކޮމިޝަނުގައި ފަސް ބޭފުޅަކު ތިއްބަވައެވެ. ކުރީގެ ތިން ބޭފުޅުންގެ ތެރެއިން ޑރ. ހަބީބު ވަނީ އެ ކޮމިޝަނުން އަމިއްލައަށް ވަކިވެފައެވެ. އައި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ:
  1. ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  3. ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  4. ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  5. އާމިނަތު އީނާސް، ހ. ހަބަރުގެ
ރައީސް އޮފީހުން ވިދާޅުވެފައިވަނީ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ޑޮކްޓަރ މުޙައްމަދު މުނައްވަރު ކަމަށެވެ.  

ގުޅުންހުރި ޚަބަރު