ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ގައްދޫއިން ހުޅުމާލެ ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަންފަށައިފި
ޚަބަރު

ގައްދޫއިން ހުޅުމާލެ ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަންފަށައިފި

މމުހައްމަދު އަލީ29 އޭޕްރީލް 2025
މިހިނގާ އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިރޭ  ބުނެފައިވަނީ ގެއްލިގެން ހޯދަމުންދާ ދޯނީގައި ތިބީ 5 މީހުން ކަމަށެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރީލް 27 ވަނަދުވަހުގެރޭ ދަންވަރު 2:40 ގައެވެ. އެއިރު ހުވަދޫ ކަނޑުން ވަންނަން ކައިރިވެފައިވާ ކަމަށް ކެޕްޓަން ބުނެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން ދޯންޏާ ގުޅިފައި ނުވާކަމަށްވެސް ވިދާޅުވެފައިވެއެވެ. މި މައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 6:00 ގައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެއަށްފަހު ފުލުހުންވަނީ އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް މައުލޫމާތު ދީފައެވެ. ދޯނި ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ،  ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގަވައިދެއްވުން އެދޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު