ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ރަސްފަނު މޫދު ބޭނުންނުކުރަން ފުލުހުންގެ އިލްތިމާސެއް
ޚަބަރު

ރަސްފަނު މޫދު ބޭނުންނުކުރަން ފުލުހުންގެ އިލްތިމާސެއް

މމުހައްމަދު އަލީ29 އޭޕްރީލް 2025
ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާތީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެސަރަހައްދު ބަލަހައްޓަވަމުން ގެންދަވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެތަނަށް ތެޔޮއެޅިފައިވާ ގޮތެއް ދެނެގަތުމަށް ތަހުގީގެއް ހިންގަމުން ގެންދާ ކަމަށެވެ. މިހާތަނަށް އަދި އެކަން ހިނގާފައިވާ ގޮތެއް އެނގިފައެއް ނުވެއެވެ. މިކަން ހިނގި ގޮތެއް ދެނެގަތުމުގެ ތަހުގީގު ހިންގަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. "ހާލަތު ތަހުގީގުކޮށް، އަސަރުކޮށްފައިވާ ސަރަހައްދު ބެލެހެއްޓުމަށް މަސައްކަތް ކުރަމުން ފުލުހުން އެބަގެންދޭ،" ކަޅުތެޔޮ އެޅިފައި ހުއްޓައި އެސަރަހައްދަށް މޫދަށް އެރުމާއި އެސަރަހައްދުގައި އެފަދަ އެހެން ހަރަކާތްތައް ހިންގުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ފުލުހުންވަނީ ރަސްފަންނު މޫދަށްއެރި އުޅުން ވަގުތީ ގޮތުން މަނާކޮށްފައެވެ. ބެލެވޭ ގޮތުގައި މިކަން ހިނގާފައިވަނީ މީގެ އެއްދުވަސް ކުރިންނެވެ.

ގުޅުންހުރި ޚަބަރު