ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ބޭރުގެ އިންވެސްޓަރުންނަށް ޚާއްސަ ގާނޫނެއް އެކުލަވާލައިފި
ޚަބަރު

ބޭރުގެ އިންވެސްޓަރުންނަށް ޚާއްސަ ގާނޫނެއް އެކުލަވާލައިފި

މމުހައްމަދު އަލީ29 އޭޕްރީލް 2025
އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމާއި، ބޭރުގެ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގެ ފުރުސަތުތައް އިތުރަށް ހުޅުވާލުމަށްޓަކައި، ޚާއްސަ ގާނޫނެއް އެކުލަވާލައިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖެ-މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމް ހުޅުވުމަށް އިއްޔެ މެލޭޝިޔާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މި ގާނޫނުގެ ސަބަބުން، ބޭރުގެ އިންވެސްޓަރުންނަށް ގާނޫނީ ހިމާޔަތް ލިބިގެންދާނޭ ކަމަށެވެ. އޭގެ ސަބަބުން ހާމަކަން ބޮޑު ގޮތެއްގައި ވިޔަފާރިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މެލޭޝިޔާގައި އިއްޔެ ބޭއްވި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މެލޭޝިޔާގެ އިންވެސްޓްމަންޓް، ވިޔަފާރި އަދި ސިނާއަތުގެ ވަޒީރު ޓެންގްކު ޒަފްރުލް ޓެންގްކު އަބްދުލް އަޒީޒާއި، މެލޭޝިޔާގެ ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ރައީސް ޑާޓޯ ސެރީ އެން. ގޯބަލަކްރިޝްނަން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެލޭޝިޔާގެ މިނިސްޓަރ އޮފް އިންވެސްޓްމެންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ ޓެންކޫ ޒަފްރޫ އަބްދުލް އަޒީޒް ވަނީ މިއީ ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފޯރަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.  

ގުޅުންހުރި ޚަބަރު