ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
މިނިސްޓަރ އަމީނުގެ އިތުބާރުނެތްކަމުގެ  މައްސަލައެއް ހުށަހަޅައިފި
ޚަބަރު

މިނިސްޓަރ އަމީނުގެ އިތުބާރުނެތްކަމުގެ  މައްސަލައެއް ހުށަހަޅައިފި

މމުހައްމަދު އަލީ29 އޭޕްރީލް 2025
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. އެޕާޓީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ މިމައްސަލަ ހުށަހެޅި އެމްޑީޕީގެ ބާރަ މެންބަރުންގެ ސޮޔާއެކުގައި ކަމަށެވެ. މިމައްސަލަ ހުށަހެޅީ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅުވައިގެންނެވެ. ނާޒިލް ބުނެފައިވަނީ މިމައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ޓްރާންސްޕޮޓު މިނިސްޓަރު އަމީން މައްސައްކަތް ކުރަމުންދާ ކަމަށް ޒުވާނުންގެ މުޒާހަރާއިންނާއި ޕާޓީގެ ބައެއް ހޯދުންތަކުންނާއި ސޯޝަލް މީޑިއާގެ ޚަބަރުތަކުން އެނގޭ ކަމަށެވެ. އަދި ޔުމްނުގެ މައްސަލާގައި ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެމުންދަނިކޮށް އޭރުގެ ސީޕީ ޝުޖާއުއަށް ވެސް މިނިސްޓަރު އަމީން ގުޅިގެން މިހާރުވަނީ އެނގިފައެވެ. މި ކަމާގުޅިގެން ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ އަމީން އުޅުއްވާ މއ. މާންދޫގެއަށް ފުލުހުން ވަންނަނިކޮށް ފުލުހުންނަށް ގުޅައި އޭނާގެ ގޭގެ ސީސީޓީވީ ކެމެރާތައް ހަލާކުވެފައިވާ ކަމަށް ބުނެފުޓޭޖުތައް ދީފައި ނުވާކަމަށެވެ. މިފަދަ އެތައް ގޮތަކުން މިނިސްޓަރު އަމީނުގެ އިތުބާރު ގެއްލިފައިވާތީ އޭނާގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ކަމަށްއެމްޑީޕީން ވަނީ ބުނެފައެވެ.  

ގުޅުންހުރި ޚަބަރު